ޖޭޕީގެ ތިނަދޫ ޖަލްސާގައި ގާސިމް ވާހަކަ ދައްކަވަނީ--ފޮޓޯ/ ވަގުތު
ހަބަރު
06 Sep 2023 | 10:35
ޕީޕީއެމާއި، އެމްޑީޕީއަށް މިއަދު ސޮއި ކުރިޔަސް އެދެޕާޓީގެ ރައީސް ކަމަށް އަންނަން ނަގާނީ 1 އަހަރު: ގާސިމް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް މިއަދު ސޮއި ކުރެއްވި ނަމަވެސް އެ ދެޕާޓީގެ އެންމެ އުހާއި ހަމައަށް ދާން ނަގާނީ 1 އަހަރު ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ގދ ތިނަދޫގައި ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު ޑީއާރުޕީގެ ނާއިބު ކަމުގައި ހުންނެވި އިރު، އަދު ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އެންމެ ހާލުގައި ޖެހުނު ދުވަހު އެހީވެވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން އެޕާޓީގެ ކޮންފަރެންސް އެއް ބޭއްްވުމަށް 3 ލައްކަ ރުފިޔާ ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުންވެސް، މަހަކު 50,000 ރުފިޔާ ގިނަ ދުވަސްތަކެއް ވަންދެން އެ ޕާޓީއަށް ދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަންކަން ކުރެއްވީ ޑިމޮކްރަސީ "މަރާލަން" ބޭނުން ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، ޕީޕީއެމް އުފެއްދެވުމުގައި ވެސް އެމަނިކުފާނުގެ ދައުރު އޮންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެގޮތުން، އެ ޕާޓީ އުފެއްދެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އަށް ލަފާ އެރުއްވި ކަމަށާ، އެ ލަފާގެ މަތިން އެ ޕާޓީވެސް އުފެދިގެން ދިޔަ ކަމަށް ގާސިމް ވިދާޅުވި އެވެ. 

‏"އޭރުވެސް، މިއަދުވެސް، އެމްޑީޕީއަށް ވިޔަސް، އަޅުގަނޑު ވެރިކަމަށް އަންނަން ބޮޑު ޕާޓީއަކަށް ވަންނަން ބޭނުންނަމަ އަޅުގަނޑު އެތަނަށް ވަދެފަ ކިތައް މަސްދުވަސްތޯ އަޅުގަނޑު ވާނީ އެތާންގެ އެންމެ ޓޮޕް މަގާމަށް އަންނަން. އެެންމެ ގިނަވެގެން އެއް އަހަރު. އެޕާޓީގެ ރައީސަކަށް އަޅުގަނޑު ހުންނާނީ. ކަށަވަރުކޮށްފަ މި ދެންނެވީ. އެކަން ބޭނުންނުވީ ޑޮމްކްރެޓިކް ޕްރޮސެސް ހަލާކުކޮށްކަން ބޭނުން ނުވާތީ. ފުނޑާލަން ބޭނުން ނުވާތީ." 

ގާސިމް އިބްރާހިމް 

"....ޕީޕީއެމްއަށް މިއަދު ސޮއިކުރިޔަސް އަޅުގަނޑު އެއް އަހަރު ދުވަހުގެ ތެރޭގައި ހުންނާނީ ޕީޕީއެމްގެ ރައީސަކަށް. ޔާމީން އަަބްދުލް ގައްޔޫމް އޮންނަން ޖެހޭނީ ފަތަފަތާ. ހަމައެގޮތަށް އެމްޑީޕީއަށް މިއަދު ސޮއިިކުރިޔަސް އެއް އަހަރުވުމުގެ ކުރިން މާތް الله ގެ ވާގިފުޅާއެކު ހުންނާނީ އެކެއްގަ." ގާސިމް އިބްރާހިމް ވިދާޅުވި އެވެ. 

ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ޕާޓީގައި ހުންނެވީ، އެފަދައިން ކަންކަން ވާން ބޭނުން ނުވާތީ ކަމަށެވެ. އަދި އެޕާޓީގައި ހުންނަވަނީ، ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލެއް ބެހެއްޓުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.