އަބްދުﷲ ޖިހާދު-- ފޮޓޯ/ ޖޭޕީ
ހަބަރު
06 Sep 2023 | 11:55
"ރައީސެއްގެ ހުންނަންޖެހޭ ހުރިހާ ސިފައެއް ގާސިމްގެ އެބަހުރި؛ އެއީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއް"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ މީހާރުވެސް ކުޑަ ކުޑަ ސަރުކާރެއް ހިންގަވަމުން އަންނަ ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރ ޑރ އަބްދުالله ޖިހާދު ވިދާޅުވެއްޖެއެވެ. 

ތިނަދޫގައި ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ، ގާސިމް ފިނޭންސް މިނިސްޓަރ ކަމުގައި ހުންނެވިއިރު، އެމަނިކުފާނުގެ އަރިއަހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވި ކަމަށެވެ. 

އަދި މިހާތަނަށް ވެސް އޭނާ މަސައްކަތް ކުރެއްވި ލީޑަރުންގެ ތެރެއިން، އެންމެ ވިސްނުންތޫނު، އެންމެ ހީވާގި އަދި އެންމެ ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ލީޑަރަކީ ގާސިމް ކަމަށެވެ. 

‏"އެމަނިކުފާނަކީ ހީވާގި މުރާލި، އަދި ކެތްތެރި، އޯގާތެރި ހިތްތިރި އަދި ރައީސެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ފުރިހަމަ ބޭފުޅެއް. ކުރިމަތިލާފައި ހުރި އެއްވެސް ބޭފުޅެއްގެ އެ ސިފަތަކެއް ނެތް އަޅުގަނޑު ބެލިއިރު.  އަދި ޓްރެކް ރެކޯޑަށް ބެލިކަމުގައި ވިޔަސް، އެމަނިކުފާނަކީ މި އެއްވެސް ކެންޑިޑޭޓަކު އަރާ ހަމަކުރެވޭނެ ބޭފުޅެއް ނޫން."

އަބްދުالله ޖިހާދު

ޖިހާދު އިތުރަށް ވިދާޅުވީ، ގާސިމް އިބްރާހިމް އަކީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަމުން ކަމަށެވެ. އެގޮތުން، ސަރުކާރަކުން ކުރަންޖެހޭ ހުރިހާ ކަމެއް އެމަނިކުފާނު ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުންދާ ކަމަށް ޖިހާދު ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނަށް ވޯޓު ދިނުމަކީ ރައްޔިތުން އެކަމާއި ހިތާމަ ކުރަންޖެހޭނެ ކަމަކަށް ނުވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. 

"އެމަކިނުފާނަކީ މިހާރުވެސް ކުޑަކުޑަ ސަރުކާރެއް ހިންގަވާ ބޭފުޅެއް. މިހާރުވެސް ސަރުކާރުންދޭ ހުރިހާ ހިދުމަތްތަކެއް އަމިއްލަފުޅަށް، އަމިއްލަފުޅު ހަރަދުގައި ހުރިހާ ހިދުމަތްތަކެއް ދެއްވާ. އެކަހަލަ ބޭފުޅަކަށް ގައުމު ހިންގޭނީ. އެހުރިހާ ތަޖުރިބާއާއި އެކީގަ. އެެހެންވީމާ މިފަހަރު ހުރިހާ ދިވެހި ރައްޔިތުން ނަމްބަރު ފަހަކަށް ވޯޓު ދެއްވާ. އެއްވެސް ބޭފުޅަކު ހިތާމަކުރާކަށް ނުޖެހޭނެ." ޖިހާދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.