ކެންދޫ ދާއިރާގެ ޢަލީ ހުސައިން-- ފޮޓޯ/ ޖޭޕީ
ހަބަރު
06 Sep 2023 | 14:48
މަރުތަކަށް އިންސާފު ހޯދަން ވެރިކަމަށް ގެންނަންވީ ގާސިމް: ޢަލީ ހުސައިން

ރާއްޖޭގައި އެއްވެސް ހައްގަކާއި ނުލައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ތިނަދޫ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނާއި އުތުރު އިންޑިއާ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމަށް ވާއިރު، މިފަހަރުގެ އިންތިހާބުގައި ރައްޔިތުން ލާ ވޯޓަކީ މިނިވަންކަމަށްޓަަކައި ލާ ވޯޓެއްކަމަށްވެސް ޢަލީ ވިދާޅުވި އެވެ.

‏"މިއީ މިނިވަންކަމާއި އެކީގައި މިކަލަހަ ޕޯޑިއަމްއެއްގައި މިކަހަލަ ޖަލްސާއެއް ބޭއްވޭނެ އެންމެ ފަހު އިންތިހާބަށް ވެގެން ހިނގައިދާނެ ތިބޭފުޅުން ވޯޓުލާ ގޮތަކުން. އަޅުގަނޑުމެންނަށް މިވާހަކަތައް މިނިވަންކަމާއެކު މިގޮތަށް ދެއްކޭނެ އެންމެ ފަހު ފަހަރަށް މި އިންތިހާބު ވެގެން ހިނގައިދާނެ ތިބޭފުޅުން ވޯޓުލާ ގޮތަކުން. އެެހެންނަމަވެސް، އެގޮތް ނުވެ، ތިޔަބޭފުޅުން ތާރީހުގައި ރަން އަކުރުން ތިމަންނައަކީ މިގައުމުގެ މިނިވަންކަމަށްޓަކައި ވޯޓުލީ މީހެކޭ ބުނަން ބޭނުންނަަމަ ތިބޭފުޅުން ވޯޓުލައްވާ ކެންޑިޑޭޓް ނަމްބަރު ފަހަކަށް" 

ޢަލީ ހުސެއިން 

ޢަލީ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރު ތަކުން، އަދި މި ސަރުކާރުން ވެސް ވެރިކަމަށް އައީ ރާއްޖޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނަމުން ކަމަށެވެ. އެހެން ނަމަވެސް، އަދި އެއްވެސް ސަރުކާރަކަށް އެކަން ނުކުރެވޭކަން ފާހަގަކުރައްވައި ޢަލީ ވަނީ އެކަން ވާނީ ގާސިމް އަށް ކަމަށް ވިދާޅުވެފައެވެ. 

"އަފްރާޝީމްގެ މަރަށް އިންސާފު ލިބިއްޖެތޯ؟. ކޮބާތޯ 2008 ގައި ދެއްކި އީވާން ނަސީމްގެ މަރުގެ ވާހަކަ. އިންސާފު ލިބުނުތޯ؟. ކޮބާތޯ ސަލާހުގެ މަރު. އިންސާފު ލިބުނުތޯ؟. ކޮބާތޯ ރިޟްވާން. ކޮބާތޯ ޔާމީން. ބަދަލު ކުރަންވީ. ބަދަލަކީ ގާސިމް". ޢަލީ ހުސައިން ވިދާޅުވި އެވެ. 

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ވޯޓު ދެއްވުމަށް ޢަލީ ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.