ދިގުރަށު ދޮރުން ދޮރަށް ކެންޕެއިން ގެ ތެރެއިން-- ފޮޓޯ/ ޖޭޕީ
ހަބަރު
06 Sep 2023 | 15:37
ގާސިމްގެ ހަގު އަނބި ރާނިޔާ، ކެންޕެއިނަށް ދިގުރަށު ދޮރުން ދޮރަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން، ރާނިޔާ ހަމީދު މ، މިއަދު އދ. ދިގުރަށު ގޭގެއަށް ދޮރުން ދޮރަށް ކެންޕެއިން ކުރައްވަން ފަށްޓަވައިފިއެވެ.

ގާސިމްގެ ކެންޕެއިނަށް ދިގުރަށު ގޭގެއަށް ދޮރުން ދޮރަށް ވަޑައިގެން ތާއީދު ހޯއްދެވުމުގެ މަސައްކަތް ރާނިޔާ މިއަދު ފަށްޓަވާފައި ވާއިރު، އޭނާ އިއްޔެ ވަނީ ދަނގެޗަށް ވެސް ކެންޕެއިން ދަތުރެއް ކުރައްވާފަ އެވެ.

ރާނިޔާ ދަނގެއްޗަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ނުކުމެފައެވެ. އަދި އެރަށުގެ ގިނަ ބަޔަކު ވަނީ އޭނާއާއިއެކީ ފޮޓޯވެސް ނަގާފައެވެ.

ރާނިޔާ އދ އަތޮޅުގައި ކެމްޕެއިން ކުރައްވަމުންދާއިރު، ގާސިމް މިވަގުތު ގެންދަވަނީ ލ އަތޮޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.

ކެމްޕެއިން ދަތުރުފުޅުގައި ޤާސިމް އިބްރާހީމާއި އެމަނިކުފާނާއެކު ވަޑައިގަންނަވާ ޓީމުން މިހާތަނަށް ވަނީލ އަތޮޅުގެ އިތުރުން ހދ.، ށ،. ނ.، ރ.، ބ.، ޅ.، އއ،. އދ.، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަވެއެވެ. 

އެމަނިކުފާނުގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމާއި އެމަނިކުފާނާއެކު ދަތުރުކުރަށްވާ ޓީމުން ވެސް ވަނީ ލ، ތ، އަދި މިނޫން ވެސް އެހެން އަތޮޅުތަކުގެ އެކިއެކި ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރަށްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.