ގާސިމް އިބްރާހިމް އާއި އަނބިކަބަލުން ނަހުލާ--
ހަބަރު
07 Sep 2023 | 09:27
އަމިއްލަ އާމްދަނީގެ %60 ނިކަމެތިންނަށް ދިން ބޭފުޅެއް، ވެރިކަމަށް އައިސް ކޮން ޖީބެއްތޯ ފުރާނީ؟: ނަހުލާ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އަކީ، މިވީ 40 އަހަރު ތެރޭގައި އެމަނިކުފާނުގެ ވިޔަފާރި ތަކުން ލިބުނު ފައިދާގެ 60 އިންސައްތަ ނިކަމެތިންނަށްޓަކައި ހޭދަ ކުރެއްވި ބޭފުޅެއް ކަމަށާ، އެހެން ކަމަށް އެފަދަ ބޭފުޅެއް، ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ފުރުއްވަން އޮންނާނީ ކޮން ޖީބެއްތޯ، ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ސުވާލުކުރައްވައިފިއެވެ. 

ގާސިމް އަކީ އަމިއްލަ މަސައްކަތުން އާމްދަނީ އިތުރު ކުރުމަށް ގިނަ ދާއިރާ ތަކަކުން ވިޔަފާރިތައް ހިންގަވަމުން އަންނަ ބޭފުޅެކެވެ. އެ ގޮތުން އެކި ރިސޯޓު ތަކުގެ އިތުރުން ފުލައި މީ ގެ ނަމުގައި އެއާލައިންއެއްވެސް ހިންގަވާއިރު ގާސިމްގެ ވިލާ ކުންފުނީގެ ފަރާތުން އެކި ކާބޯތަކެއްޗާ، ގެދޮރު އިމާރާތް ކުރުމުގެ ސާމާނު ވިއްކުމުގެ ވިޔަފާރިފަދަ ވުޔަފާރިތައްވެސް އަންނަނީ ކުރަމުންނެވެ.

އެހެންކަމުން ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމް ވާދަކުރައްވަން ނިންމުމާއި އެކު އެކަމަށް ފާޑުކިޔާ މީހުން އެންމެ އަޑު ގަދަކޮށް ދައްކާ އެއް ވާހަކަ އަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފިނަމަ އެމަނިކުފާނު ހިންގަމުންދާ އަމިއްލަ ވިޔަފާރިތައް ފުޅާކުރައްވާ އަމިއްލަ ޖީބު ބޮޑުކުރައްވާނެ ވާހަކައެވެ. 

'ހާސްކަނޑާލާ ހަމަޖެހޭނެ' މި ޝިޢާރުގެ ދަށުން ޖުމްހޫރީ ޕާޓީން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވަނީ އެ ވާހަކަ ތަކަށް ރައްދު ދެއްވާފައެވެ. 

އެގޮތުން ނަހުލާ ވިދާޅުވީ، އެމަނިކުފާނުގެ ވިޔަފާރި ފެއްޓެވިތާ މިހާރު ގާތްގަނޑަކަށް 40 އަހަރު ވެގެން ގޮސްފައިވާއިރު، އެވީހާ ދުވަހެއްގައި، ވިޔަފާރި ތަކުން ލިބުނު ނަފާގެ ގާތްގަނޑަކަށް 60 އިންސައްތަ އެމަނިކުފާނު ހޭދަ ކުރެއްވީ ރާއްޖޭގެ ނިކަމެތިންނަށް ކަމަށެވެ. 

އެހެންކަމުން ދަރަނިވެރިވެފަ އޮތް ދައުލަތަކާ އެމަނިކުފާނު ހަވާލުވެފަ ފުރުއްވާނެ ނުވަތަ ބޮޑު ކުރައްވާނެ ޖީބެއް ނެތް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ވޭތުވެދިޔަ 40 އަހަރު، ކުރި މަސައްކަތުން، ހޯދި އާމްދަނީއިން، 60 ޕަސެންޓަށް ވުރެ ގިނައިން މިގައުމުގެ ނިކަމެތި ރައްޔިތުންނަށްޓަކައި އަމިއްލަ ޖީބުން ހޭދަކުރެއްވި ބޭފުޅެއް، ސަރުކާރަށް އައިއްސަ، އުމުރުފުޅުން 74 އަހަރުގައި، އަދި ދަރަނިވެރިވެފައި އޮތް ދައުލަތަކާއި ހަވާލު ވެފައި، ކޮން ޖީބެއްތޯ އެ ބޭފުޅާ ފުރަން އުޅޭނީ. ނޫނީ ބޮޑު ކުރަން އުޅޭނީ. އެހެން އަޅުގަނޑުގެ ހިތަށް އަރަނީ. 

ޢާއިޝަތު ނަހުލާ

ނަހުލާ ބުނީ، ރައްޔިތުން ފުންކޮށް ވިސްނާލައިފި ނަމަ އެ ހަގީގަތް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. 

އަދި ކުރިއަށް އޮތް ފަސް އަހަރުގައި، ގާސިމް ވެރިކަމަށް އިންތިޚާބު ވެވަޑައިގެންފި ނަމަ، އެމަނިކުފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށްވެސް ނަހުލާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.