ގާސިމްގެ ކެންޕެއިން ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ޖޭޕީ
ހަބަރު
07 Sep 2023 | 12:20
މީސްމީޑިއާގައި ބޭސްފަރުވާއަށް ސަލާންޖެހިޔަ ނުދޭނަން؛ އެހީވާނަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ، ބަލިތަކަށް ފަރުވާ ހޯދުމަށް ސޯޝަލް މީޑިއާގައި އެހީއަށް އެދުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމްގެ ރިޔާސީ ކެމްޕެއިނަށް ހއ. އިހަވަންދުއަށް ވަޑައިގެން ވާހަކަފުޅު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ރައްޔިތުންނަށް ބޭސްފަރުވާ އަށް ޚަރަދު ކުރަން އޮންނަ އިރު، އަދިވެސް ރައްޔިތުން މީސް މީޑިއާ ފަދަ މަންސަތަކުގައި ސަލާންޖަހަން ޖެހޭ ކަމަށެވެ. 

އަދި އެފަދައިން ކަން ކުރާތަން ފެނިވަޑައިގެންނެވުމުން ވަރަށް އަސަރު ކުރާ ކަމަށާ، މިހާރުވެސް އެފަދަ ޕޯސްޓުތައް ފެނުމުން އެމީހުންނަށް އެކިވަރުގެ އެހީވެދެއްވަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.

މިއާއެކު ގާސިމް ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބޭސް ސިޓީއަށް އެފަދައިން ސަލާން ޖަހާ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ.

ބޭސް ސިޓީއަށް ސަލާން ޖަހަން ވެބްސައިޓްތަކުގައި ޖަހާގެންވެސް އެއްވެސް އެއްޗެއް ނުލިބިގެން ސޯޝަލް މީޑިއާގައި ފަތުރަމުން ދާއިރު، އަޅުގަނޑުމެން އެ ބުނާ އާސަންދައާ ބާސަންދައާ އެބުނާ އެންސްޕާ އާ މެންސްޕާ ކޮބައިތޯ؟ އެއީ ދިވެހިންތޯ؟ ރައްޔިތުންތޯ؟ އެބުނާ އެއްޗެއް އަޅުގަނޑަށް ފެނިއްޖެއްޔާ އޮންނާނީ ކޮންމެސް މިންވަރެއް އަޅުގަނޑު ކޮށްދީފައި. ދެތިން ހަތަރު ހާސް، ފަސް ހާސް ޑޮލަރު އޮންނާނީ ދީފައި. އަޅުގަނޑަށް ފެނުނިއްޔާ. އަޅުގަނޑު ކައިރިއަށް އައިސްފިއްޔާ. މަ މީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރިނަމަ ލާހިކެއް ނޫން އެކަހަކަ އެކަކުވެސް ސޯޝަލް މީޑިއާ އާ ހަމައަށް ދާކަށް. ފެންނަ އިރަށް ވަގުތުން ކޮށްދޭނަން. 

ގާސިމް އިބްރާހިމް 

ގާސިމް އިތުރަށް ވިދާޅުވީ މިހާރުވެސް އެންސްޕާއާ އާސަންދައިން ވަކި ބަޔަކަށް 40 ހާސް ޑޮލަރުން ފައިސާ ދޭ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެހީއަށް ބޭނުންވާ ކުއްޖާއަށް އެ އެހީ ފޯރުކޮށްދިނުމަށް އެ ފައިސާ ޚަރަދު ނުކުރަނީ ކީއްވެތޯ އެމާނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.