ރާއްޖޭގެ ރަށެއްގައި ފަޅައިފައިހުރި ވެލާތަކެއް. ފޮޓޯ:ޕޮލިސް
ހަބަރު
07 Sep 2023 | 16:34
ކެޔޮދޫގައި ވެލާފެޅި މީހުންގެ ޖޫރިމަނާ ކުޑަކޮށްދީފި

ބ.ކެޔޮދޫގައި ވެލާތަކެއް ފެޅި ބައެއްގެ މައްޗަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ކުރި ޖޫރިމަނާ ކުޑަކޮށްފިއެވެ.

ބ. ކެޔޮދޫގައި ބަޔަކު ވެލާތަކެއް ފަޅައި އެތަކެތި ކައްކަމުން ދާކަމަށް ރިޕޯޓް ކުރީ ޢާންމު ފަރާތަކުންނެވެ. އެރިޕޯޓާއި ގުޅިގެން  ފުލުހުން އެރަށަށް އެރީ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުގެ ހަވީރުއެވެ.

އެ މައްސަލައިގައި ޖޫރިމަނާ ކުރީ އެކަމުގައި ބައިވެރިވި ބ. ކެންދޫ ހަ މީހަކާއި އދ. ދިގުރަށު މީހެކެވެ. އޭރު އީޕީއޭއިން ބުނެފައި ވަނީ، އެއިން ކޮންމެ މީހަކު ޖޫރިމަނާގެ ގޮތުގައި އެއްލައްކަ 98 ހާސް ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

ނަމަވެސް މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން އެ މައްސަލަ ބަލައި، ޖޫރިމަނާ ކުޑަ ކުރުމަށް އީޕީއޭގެ ގަވަރނިންގް ބޯޑުން މިނިސްޓްރީއަށް ލަފާދީފައި ވާތީ، މިނިސްޓްރީއިން ވަނީ މިކަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދާފައި ކަމަށް އީޕީއޭއިން ބުނެއެވެ.

އެލަފާގެ ދަށުން އީޕީއޭއިން ނިންމާފައި ވަނީ، ވެލާ ފެޅި ހަ މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ޖޫރިމަނާ ކުރެވޭނީ 33 ހާސް ރުފިޔާއިން ކަމަށެވެ.

އީޕީއޭއިން އަންގާފައި ވަނީ އެ ފައިސާ މަދުވެގެން އެއްމަސް ދުވަސް ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ، ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން، ޤުދުރަތީ ގޮތުން ނުވަތަ ޠަބީއީ ގޮތުން ހިމާޔަތް ކޮށް ރައްކާތެރި ކުރާ ދިރޭ ތަކެއްޗާ ގުޅޭގޮތުން އަމަލު ކުރުމަށް އެކުލަވާލާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ހަ މީހުންނަށް ނަސޭހަތްތެރި ވެ އަދި މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.