ރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ގުރުއާނުގެ ތަފްސީރުގެ ވެބް ވާޝަން ލޯންޗުކުރަނީ --- ފޮޓޯ: އަދަދު
ހަބަރު
08 Sep 2023 | 11:04
ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ގާސިމްގެ ރިޔާސީ ވައުދެއް ފުއްދަވައިފި!

ކީރިތި ގުރުއާނުގެ ތަފްސީރުގެ ދިވެހި ތަރުޖަމާއެއް، ނެރުއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ވަޢުދު، ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމުގެ ކުރިން ފުއްްދަވައި ދެއްވައިފިއެވެ.

ޤާސިމްގެ މެނިފެސްޓޯގައި، އިސްލާމީ ޝަހުސިއްޔަތާއި ގައުމިއްޔަރު ވަރުގަދަކުރުމަށް 16 ވައުދެއް ހިމަނާފައިވާއިރު،  އޭގެތެރެއިން އެއް ވައުދަކީ، ދެ އަހަރުގެ ތެރޭގައި ގުރުއާން ތަފްސީރު، ދިވެހި ބަހުން ޝާއިއުކުރުމުގެ ވައުދެވެ.

އެ ވައުދު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ފުއްދަވައި ދެއްވައި "ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު" ގެ ނަމުގައި، ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި، ތަފްޞީރުގެ މައްޗަށް އެކުލެވޭ ވެބް ވާޝަން އެއް ރޭ ވަނީ، އިފްތިތާހުކޮށްދެއްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 50،000 ހާޑް ކޮޕީ ޕްރިންޓު ކުރައްވައި، އާންމުންނާ ހަމައަށް ފޯރުކޮށްދެއްވާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

ވެބް ވާޝަނެއްގެ ގޮތުގައި އެ ފޮތް ފުރަތަމަ ނެރުމަށް ނިންމެވީ ޗާޕު ކުރާއިރު، އެއްވެސް ކުށެއް އޭގައި ނުބޭއްވުމުގެ މާތް އަޒުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެއީ ވެބް ވާޝަން ލޯންޗު ކުރުމުން އޭގައި އެއްވެސް މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން ފާހަގަ ކުރުމަށްފަހު އެކަން ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރުމުގެ ބުރަ މަސައްކަތް އެއްކޮށް ފުރިހަމަ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީން 1987 ވަނަ އަހަރު ދަސްވެނިވި، އައްޝައިޚް މުހައްމަދު އަބްދުالله އެވެ. 

ޖުމްލަ ހަ ވޮލިއުމް އަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ މި ވާޝަންގައި، ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތައް ވެސް، އޭގެ އެންމެފުރިހަމަ ގޮތުގައި ހިމަނާފައިވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. 

ރޭގެ ރަސްމިއްޔާތުގައި ތަފްސީރުގެ ޕްރޫފް ރީޑިންގެ މަސައްކަތްކުރެއްވި ބޭފުޅުން ކަމަށްވާ، އަބްދުالله އަބްދުލް މުޙުސިން އަދި އިޔާޒު ޖާދުالله ނަސީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެބޭފުޅުންގެ ވާހަކައިގައި ވަނީ، ތަފްސީރުގެ ޕްރޫފް ރީޑް ކުރުމުގައި ކުރެއްވި ބުރަ އަދި ބޮޑު މަސައްކަތައް އަލި އަޅުވާލައްވާފައެވެ. 

އެގޮތުން، ކީރިތި ގުރުއާނުގެ ކޮންމެ އަކުރެއް އަދި ލަފްޒެއް ވަކި ވަކިން ބަލައި، ޗެކު ކުރެވިފައިވާ ކަމަށާ، ފެނުނު ހުރިހާ ކަމެއް ރަނގަޅު ކުރެވުނު ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. 

ތަފްޞީރުގެ ވެބް ވާޝަންގެ ކޯޑިންގެ މަސައްކަތް ކޮށްފައިވަނީ ކަނޑުނޫގޭ މުހައްމަދު އިޤްބާލް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.