ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް--
ހަބަރު
08 Sep 2023 | 14:13
ގާސިމްގެ ޚާއްސަ ސިޓީއެއް ދިވެހިންނަށް: ޤައުމު މިއަދު މިއޮތީ ނުރައްކާ ފައްތަރެއްގައި!

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ކުޑަތަންވެފައިވާއިރު، އިންތިޚާބުގައި ޖުމްހޫރީޕާޓީގެ ފަރާތުން ވާދަ ކުރައްވާ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތުން ވަރަށް ޚާއްސަ މެސެޖެއް ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. 

ދިވެހިން އެންމެހައި ރައްޔިތުންނަށް ޚާއްސަކޮށް ގާސިމް ފޮނުއްވާފައި ސިޓީ ފަށްޓަވާފައި ވަނީ ގައުމު މިއަދު އޮތް ނާޒުކު ހާލަތަށް އަލި އަޅުއްވާ ލައްވަމުންނެވެ.

އެގޮތުން ގާސިމް ވިދާޅުވީ، މި ޤައުމު މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. އެގޮތުން، މި ޤައުމަށް އެކި އެކި ސިޔާސީ ވެރީން "މާލީ މުސީބާތްތަކެއް" ޖައްސަވާފައިވާ ކަމަށާ، އެ މުސީބާތްތަކުން ޤައުމު ސަލާމަތް ކުރުމަށް ތަޖްރިބާ ހުރި ޤައުމު ދެކެ ހަޤީޤީ ލޯބިވާ ވެރިޔަކު އިންތިޚާބު ކޮށް އަވަހަށް މަސައްކަތް ނުފަށައިފިނަމަ މި ޤައުމާއި، ރައްޔިތުންގެ މިނިވަންކަމާއި ސިލްމާ ސަލާމަތް ނެތިދިއުމަކީ ވަރަށް ގާތުގައި އޮތް ކަމެއްް ކަމަށެވެ. 

"ޖެހިޖެހިގެން 10 އަހަރު ރާއްޖެއިން މިވަނީ ސޮވަރިން ދަރަނި އިތުރުކޮށްފައެވެ. އަޅުގަނޑުމެންގެ ދަރަނި މިވަނީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އަށްވުރެ މައްޗަށް އަރާފައެވެ. އަދި ކުރިއަށް އޮތް 5 އަހަރު ނިމޭއިރު ދަރަނި 165 ބިލިއަން ރުފިޔާ ގާތްކުރާނެ ކަމަށް ބެލެވެއެވެ. ހަމައެކަނި ރިޕޭމަންޓްތަކުގެ ގޮތުގައި އެކަނިވެސް 2026 ވަނަ އަހަރު 1 ބިލިއަން ޑޮލަރު ވުރެ ބޮޑު ޢަދަދެއް ރާއްޖެއިން ދަރަނިނަގާފައިވާ ޤައުމުތަކަށް ދައްކަން ޖެހެއެވެ. މިދަރަނިތައް އަނބުރާ ދެއްކޭނެ އަދި ރީސްޓަކްޗާ ކުރެވޭނެ ގޮތެއް ދަންނަ މީހަކަށް މެނުވީ މި ޤައުމު މި ހާލަތުން ސަލާމަތް ނުކުރެވޭނެއެވެ. އަވައްޓެރި ޝްރީލަންކާ ފަދައިން މި ރާއްޖެވެސް ޑިފޯލްޓް ވުމަކީ ދުރުގައި އޮތްކަމެއްނޫނެވެ." ގާސިމް ގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

އެ ސިޓީގައި އިތުރަށް ގާސިމް ވިދާޅުވީ، ރާއްޖޭގެ ހާލަތު މިހެން އޮތް އިރު، ވެރިކަމުގައި ތިބި ފަރާތްތަކުން ޤާނޫންއަސާސީއާއި ޤާނޫންތަކާއި ޚިލާފަށް މުޅި ދައުލަތުގެ ނިޒާމުތައް ފެއިލްކޮށް، ކަރަޕްޝަންގެ ތެރެއިން ވަކި ބަޔަކަށް މަގުފަހި ކޮށްދިނުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

އެގޮތުން، ޒަރޫރީ އެންމެ ކުދި ބޭނުންތަކަށްވެސް ކޮރަޕްޝަން ބޭނުންކުރުންވެސް ގައުމުގައި އާންމުވެފައިވާއިރު، ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ނިކަމެތި ރައްޔިތުމީހާއަށް، އާސަންދަ ހަމަޖެހެނީވެސް ކޮންމެވެސް ވެރިޔަކަށް ދަންނަވައިގެން ވެރިކަންކުރާ ޕާޓީ އަށް ސޮއިކުރުމުންކަން ގާސިމް ފާހަގަކުރެއްވި އެވެ. 

"އެހެންކަމުން ކޮރަޕްޝަނާއި ޚިޔާނާތުން ދުރުވެ، ދަރަނީގެ ދަންތޫރައިން މި ގައުމާއި، ރައްޔިތުން ސަލާމަތްކޮށް، ޤާނޫން އަސާސީ އާއި ޚިލާފަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭރުކޮށް، ސަރުކާރުން ޤަސްދުގައި ރާއްޖޭގެ ކަނޑުގެ އިޤްތިޞާދީ ސަރަޙައްދުން މޮރިޝަސް އަށް ދޫކޮށްލި ބައި އަލުން ހޯދުމަށް މަސައްކަތްކުރުމަށާއި، ޢަދުލުވެރިކަމާއި އެކު އިންސާފު ޤާއިމުކޮށް، ޤައުމުގެ އިޤްތިސާދު ހަމަމަގަށް އަޅުވައި ރައްޔިތުންނަށާއި ޤައުމަށް ލިބޭ ތަނަވަސްކަން އިތުރުކޮށް،  އިލްމީ އަދި ފަންނީ ގޮތުން މި ރާއްޖޭގެ ރައްޔިތުން ކުރިއަރުވައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދީ، ބޭސްފަރުވާ އަދި ސިއްހީ ރޮނގުން މި ރާއްޖެ ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް، ތަޖްރިބާގެ އަލީގައި ޔަޤީންކަމާއެކު، ޤައުމު ހަމަމަގަށް އެޅުވުމަށް، އަޅުގަނޑު ޤާސިމް އިބްރާހީމް އަށާއި، އަޅުގަނޑުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަށް (ކެނޑިޑޭޓް ނަންބަރު 5) ވޯޓުދެއްވުމަކީ އަޅުގަނޑުމެންގެ ނުހަނު އިޚްލާޞްތެރި އާދޭހެކެވެ." ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.