ރައީސް ޞާލިހް ގާސިމާއި ބައްދަލުކުރެއްވުން ސަން އައިލެންޑްގައި
ހަބަރު
15 Sep 2023 | 14:03
ރައީސް ސާލިހް ފްރެޝަރ ބޮޑުކުރަމުން ގޮސް ޤާސިމް އިބްރާހީމް މުޅިން ވަރުބަލިކޮށްލައްވައިފި

ސަން އައިލެންޑްގެ ސޯސްތައް ބުނާގޮތުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް މުޅިން ވަރުބަލިކޮށްލައްވައިފިއެވެ.

އެމްޑީޕީއާއި ކޯލިޝަން ހެދުމަށް ޤާސިމް އިބްރާހީމަށް ޕްރެޝަރ ކުރެއްވުމަށްޓަކައި ބުދަ ދުވަހު ރައީސް ސޯލިހް ސަންއައިލެންޑަށް ވަޑައިގެންނެވިގޮތަށް އެރަށުން ފައިބައިވަޑައިނުގެން ޤާސިމް އިބްރާހީމަށް ގެންދަވަނީ އެކިއެކި ހުށަހެޅުންތައް ހުށަހަޅުއްވަމުންނެވެ. ޚާރިޖީ ވަޒީރު ޝާހިދު ބައިވެރިވެވަޑައިގެން ލަފާކުރެވޭގޮތުން ސޯލިހާއި ޝާހިދު ޤާސިމް އިބްރާހީމްގެ ސިކުނޑިފުޅަށް ވެއްދެވޭތޯ އުޅުއްވަނީ އިންޑިއާއާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގައި ނުރައްކަލެއް ނެތްކަމެވެ.

ޤާސިމް އިބްރާހީމް އެމަނިކުފާނުގެ ޓީމުން ރަނިންމޭޓް އަމީނާއި ޚާރިޖީ ދާއިރާގެ އިލްމީ ބޭފުޅެއްކަމަށްވާ އިރުތިޝާމް އާދަމާއި ގާނޫނީވަކީލެއްކަމުގައިވާ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިން ގެންދަވައިގެން ޔަގީންކުރައްވަން މަސައްކަތްޕުޅު ކުރައްވަނީ މިކަންކަމަށް ލަފާކުރެވެއެވެ.

މިއެއްބަސްވުންތަކުގައި ގޯހެއް ނެތްކަން ދެއްކުމަށް އިންޑިއާއިން ވެސް ޤާސިމަށް އިންތިހާއަށް ބާރުއަޅާނެކަން ގާތްގަޑަކަށް ކަށަވަރެވެ. އެހެންނަމަވެސް ދެދުވަސްވެގެން ދިޔައިރުވެސް ހުއްޓުމެއްނެތި ކުރިއަށްގެންދާ މިމަޝްވަރާތަކާބެހޭ މާކަބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.

ރައީސް ޞާލިހް ގާސިމާއި ބައްދަލުކުރެއްވުން--

މަޝްވަރާގެތެރޭގައި ޑޮކްޓަރ މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަ ޖަލުގައި ހުންނެވި ރައީސް ޔާމީން ކޯޓް މަރްހަލާގެތެރެއިން މިނިވަންވެވަޑައިގެން ސޯލިހާއި ޤާސިމަށް ކުރިމަތިކޮށްފާނެ ބިރުވެތިކަމެއްގެ ވާހަކަވެސް ނަގާނެކަން ގާތްގަޑަކަށް ކަށަވަރެވެ. ޤާސިމްގެ ހާލަތު ދެނެވަޑައިގަންނަވާ ސަންއައިލެންޑުގެ ސޯސްތައް ބުނާގޮތުން ޔަގީނުންވެސް އެގޭކަމަކީ ގާސިމް ވަރުބަލިފުޅުވެއްޖެކަމެވެ.

އެކަމަކު އެބޭފުޅުން އޭނާ ދޫކޮށެއް ނުލައްވައެވެ. މިއަދު ހެނދުނު ރައީސް ސާލިހް މާލެވަޑައިގަންނަވަން ހަމަޖެހިފައިވެއެވެ. އެހެންނަމަވެސް ޝާހިދާއި އެމްޑީޕީގެ އެހެންބޭފުޅުން ސަންއައިލެންޑުގައި މަޑުކުރައްވައެވެ.

ސަރުކާރުން ހުއްޓުމެއްނެތި ކުރިމަތި ކުރަމުންދާ ޕްރެޝަރާއެކުވެސް ޤާސިމް އަދި އެމްޑީޕީއަށް ބައިއަތު ހިފަން އެއްބަސްވެވަޑައިނުގަންނަވައެވެ. ފެހި ސިހްނަލެއްވެސް ނުދެއްވައެވެ.

ޖުމްހޫރީ ޕާޓީގެ ބައެއް އޮފިޝަލުން ބުނާގޮތުގައި ޕްރެޝަރ ބިލްޑުވެ ޤާސިމްގެ ކުރިފުޅުމަތީގައި ހަތަރު އުދަރެސް ފެނުޖެހި އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމެވިނަމަވެސް ޤާސިމަށް ތާއީދު ކުރި ގިނަ މީހުންތިބީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރާގޮތަކަށް ނޫނެވެ.

ޤާސިމަށް ކުރިމަތިވެވަޑައިގެންފައިވަނީ ވަރަށް ބޮޑު އިމްތިހާނެކެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި އެމްޑީޕީން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފައިވާކަމަށް ވަރަށް ގިނަ ފަހަރު ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އިންތިޚާބަށް ނުކުމެވަޑައިގެންނެވީ ގައުމަށް ކުރިމަތިވެފައިވާ މިނުރައްކާތެރިކަން ރައްޔިތުންނަށް ވިސްނައިދެއްވަންކަމަށްވެސް ވިދާޅުވަމުން ގޮސްފައިވެއެވެ.

ރާއްޖޭގެ ސިޔާސީ އެހެންލީޑަރުންނާ ތަފާތުކޮށް ރައީސް ކަމަށް އޭނާއަށް ރައްޔިތުން ވޯޓްނުދިން ނަމަވެސް ގާސިމް އިބްރާހީމަކީ ވަރަށް ވަތަނީ އަދި އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަން ދިފާއުކުރުމުގެ އައްޑަނައެއްކަމަށް ގިނަ ދިވެހިރައްޔިތުން ބަލާ ސިޔާސީ ލީޑަރެވެ. ރާއްޖޭގެ މައި އިންޓަރނޭޝަނަލް އެއަރޕޯޓުން އިންޑިއާގެ ޖީއެމްއާރް ބޭރުކުރުމަށް އެންމެ ފުރަތަމަ އިސްނެންގެވި ލީޑަރަކީވެސް އޭނާއެވެ. އެފަހަރުވެސް އެކަން ދޫކޮށްލެއްވުމަށް އެކިގޮތްގޮތުން އޭނާއަށް ވަރަށް މަތީ ދަރަޖައަކަށް ޕްރެޝަރ ކުރިމަތި ކުރެވުނެވެ.

ސެޕްޓެމްބަރ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން މުޅި ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހައި އަތޮޅަކުން މެޖޯރިޓީ ރައްޔިތުން ތާއީދުދީފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒަށެވެ. މުއިއްޒުވަނީ ޤާސިމް އިބްރާހީމާ ފޯނުން ގުޅުއްވައި ދެވަނަ ބުރުގައި އޭނާއަށް ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އޭގެފަހުން ޕީޕީއެމް/ޕީއެންސީގެ އިސް ލީޑަރުންގެ ޓީމެއްވެސް ސަންއައިލެންޑަށްގޮސް ޤާސިމާއި ބައްދަލުކޮށް މަޝްވަރާކޮށްފައި ވެއެވެ.

ޤާސިމްގެ ކުރިފުޅުމަތީގައި އޮތީ އުދަގޫ ދަތިގޮތެކެވެ. އެމްޑީޕީން ކުރިމަތިކުރަމުންދާ ފިއްތުންތަކަށް ބޯލަނބާލައި ސޯލިހަށް ތާއީދުކުރުމަށް ނިންމާފައިވަނިކޮށް ދިވެހި ރައްޔިތުން ފުރަތަމަ ބުރުގައި ދެއްކި ނަތީޖާ ތަކުރާރުކޮށް އެއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން މުއިއްޒު ހޮވައިފިނަމަ އެއީ ޤާސިމަށް ކުރިމަތިލައްވަންޖެހިވަޑައިގަންނަވާނެ ވަރަށް ބޮޑު ލަދުވެތިކަމަކަށް ވާނެއެވެ.

ކޮމެންޓް
ދުންކާލި
ޕުރެސަރު ކުރެވޭނީ ގާސިމުގެ ކުޑައުގުން އެރިގެންތާ
15 Sep 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.