މާލޭގެ މަގެއް
ހަބަރު
20 Sep 2023 | 20:38
އެންޓި ކެމްޕެއިން ކުރާކަން ފާހަގަ ކުރެވި އެޗްއާރުސީއެމް އިން ބަޔާނެއް ނެރެފި

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރުމުގެ ގޮތުން އެކި ކަންކަން ކުރަމުންދާކަން ފާހަގަކުރެވި އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަޔާނެއް ނެރެފިއެވެ.

އެޗްއާރުސީއެމްގެ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަބުރު ބޭއްވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި އެއްވެސް ފަރާތްތަކުން ކެންޑިޑޭޓުންނަށް ލިބިފައިވާ ކެންޕެއިން ކުރުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ގޮވާލައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކޮންމެ މީހަކަށްމެ ކެންޑިޑޭޓެއް އިޚްތިޔާރުކުރުމަށްޓަކައި ސިޔާސީ ހަރަކާތްތަކާއި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމާއި ކެންޑިޑޭޓުންނާއި އަދި ކެންޑިޑޭޓުން ތަމްޞީލުކުރާ ފަރާތްތަކާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ފުރުޞަތު ލިބުމަކީ މުހިއްމުކަމެއް ކަމުގައި ފާހަގަ ކޮށްފައެވެ.

އެގޮތުން ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކާއި އަދި އެ ފަރާތްތަކަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުންވެސް އެންޓި-ކެމްޕެއިން ކުރުމަށްޓަކައި އެކަކު އަނެކަކުގެ އަބުރަށް އަރައިގަތުމާއި، ފުރައްސާރަކުރުން ފަދަ ނޭދެވޭ ޢަމަލުތައް ކުރަމުންދާކަން އެ ކޮމިޝަނުގެ މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައިވާކަމަށް އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި ބައެއް ޙާލަތްތަކުގައި ޖިސްމާނީ ގޮތުން ގެއްލުން ލިބިދާނެފަދަ ކަންކަން ކުރުމަށް މަސައްކަތް ކޮށްފައިވާކަންވެސް ހިތާމައާއެކު ފާހަގަކުރަމެވެ.

އެޗްއާރުސީއެމްގެ ބަޔާން 

 މީގެ އިތުރުން އެ ބަޔާނުގައި ވަނީ ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން ޝުޢޫރު ފާޅުކުރުމަށްޓަކައި، ބިނާކުރަނިވި ގޮތެއްގައި ފާޑުކިއުމަށާއި އަދި ނަޒާހަތްތެރިކަމާއެކު ކެމްޕެއިންކުރުމަށް އިސްކަން ދެއްވާ، އަނެކާގެ އަބުރާ އިއްޒަތަށް އަރައި ނުގަތުމަށާއި އަދި ނަފްރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް މި ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. 

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ހަރަކާތްތައް ފޯރީގައި ކުރަމުން އަންނަ އިރު އިންތިހާބުގެ ކެމްޕެއިނަށް ހިންގޭ އެކި އެކި ހަރަކާތްތަކުގައި އެންޓިކެމްޕެއިން ކުރުމުގެ ގޮތުން އެކިކަހަލަ ކަންކަން ކުރަމުން އަންނަކަން ފާހަގަކޮށްވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.