ޢަލީ ޞާލިޙް. ފޮޓޯ:އިންޓަރނެޓް
ހަބަރު
21 Sep 2023 | 12:02
ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވެސް ރައީސް ޞާލިޙާއި އެއްކޮޅަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިހު ނިންމަވައިފިއެވެ.

ޢަލީ ޞާލިޙަކީ ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.

މިކަމާއި ގުޅިގެން "ވޮއިސް" އާއި ވާހަކަދައްކަވަމުން ޢަލީ ޞާލިޙް ވިދާޅުވީ އޭނާ އަކީ މިހާރުވެސް ސަރުކާރުގެ މަޤާމެއްގައި ހުރެ ސަރުކާރުގެ ސިޔާސަތުތައް ކުރިއަށް ނެރެގެން މަސައްކަތް ކުރަން ހުރި މީހެއް ކަމަށެވެ.

"އަޅުގަނޑަށް ހަމަގައިމުވެސް އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ އަނިޔާއަކަށް ހިތްވަރެއް ދޭކަށް ނުކެރޭނެ އަޅުގަނޑަކަށް، ލިބިދާނެ ކަމަށް ފެންނަންޏާވެސް އަޅުގަނޑަށް އުނދަގޫވާނެ" ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ މިފަސް އަހަރަކީ ސިޔާސީ މީހުންނަށް ހަމަނޭވާގައި ތިބެވުނު ފަސްއަހަރު ކަމަށެވެ. އަދި ރައީސް ޞާލިޙަށް ކުރައްވާ ތާއީދަކީ އަމިއްލަ ގޮތުން ކުރައްވާ ތާއީދެއް ކަމަށާއި މިކަމުގައި ޕާޓީގެ ނަމެއް ނެތް ކަމަށެވެ.

މި އިންތިޚާބުގައި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ޤާސިމް ނެތް ކަމަށާއި، އެނަން އޮތްނަމަ އަބަދުވެސް ފުރަތަމަ ޗޮއިސް އަކަށްވާނީ އެނަމާއި ޖުމްހޫރީ ޕާޓީ ކަމަށް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

ޢަލީ ޞާލިޙްގެ އިތުރުން ޖޭޕީގެ ލީޑަރ ޝިޕްގެ އިސް ސަފުން ފެންނަ ބޭފުޅެއް ކަމަށްވާ ރިޔާޒް ރަޝީދުވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރެއްވުމަށް ނިންމަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.