ޖޭޕީ ކައުންސިލްގެ ގިނަ ބަޔަކު ޑރ މުއިއްޒުގެ ކެމްޕޭނާއި ގުޅިވަޑައިގަތުން/ ފޮޓޯ: ވަގުތު
ހަބަރު
23 Sep 2023 | 23:33
ކުރީގެ ނައިބު ރައީސް ޖިހާދާއެކު ޖޭޕީ ކައުންސިލްގެ ގިނަ ބަޔަކު ޑރ މުއިއްޒު ފަހަތަށް!

ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަބްދުالله ޖިހާދާއި އެކު ޖޭޕީ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ފަހަތްޕުޅަށް އަރާވަޑައިގެންފި އެވެ. 

ޑރ މުއިއްޒު ގިރާވަރު ކޮމިއުނިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބެއްވި ހަފްލާގައި ޖޭޕީގެ މެމްބަރުންތައް ވަނީ ޑރ މުއިއްޒަށް ތާއީދުކުރަން ނިންމަވާފައިވާކަން ރަސްމީކޮށް އިއުލާނުކުރައްވާ އެމަނިކުފާނުގެ ކެމްޕޭނާއި ގުޅިވަޑައިގެންފަ އެވެ. 

އެގޮތުން ޑރ މުއިއްޒަށް ތާއީދުކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި:

- ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަ އަކަށް މިއަދާ ހަމަޔަށް ހުންނެވި ޑރ.އިރުތިޝާމް އަލީ

- ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު ނާޒް،

- ފިލްމީ ތަރި އާމިނަތު ރިޝްފާ،

- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ މުހައްމަދު ނާޒިލް،

- ޖުމްހޫރީޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ މެންބަރ ޔާމިން ރަޝީދު،

- ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް ހަސަން މުޤުނީ،

- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްއުސްތާޒު އަލީ އިބްރާހިމް ދީދީ،

- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްފާޟިލް އަދީލް އަލީ،

- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްފާޟިލް މުހައްމަދު ޝާހިދު،

- މަޝްހޫރު ބައިބަލާ ތަރި ބީޖީ ސަނީ،

- ގާފަރު ކޮމިއުނިޓީއަށް ނިސްބަތްވާ ވިޔަފާރިވެރިޔެއް ކަމަށްވާ އަބްދުﷲ މާޖިދު ހިމެނެއެވެ. 

ރިޔާސީ އިންތިޚާބުގެ  ފުރަތަމަ ބުރު ނާކާމިޔާބުވުމުން، އެ ޕާޓީން ވަނީ ދެވަނަ ބުރުގައި ވަކި ފަރާތަކަށް ނުޖެހުމަށް ނިންމާފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދާނީ އެ ޕާޓީ ކުރިއެރުވުމަށް ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ފަޅިއެއް ނުނަގާނެކަމަށް ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެފަހުން ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ ބަޔަކު ވަނީ ޕާޓީ ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން އިސް ބައެއް ފަރާތްތައް ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ތާއީދުކޮށްފައިވާއިރު، ދެން ތިއްބެވި ފަރާތްތައް ވަނީ އެމްޑީޕީއާއި ގުޅި، ރައީސް ޞާލިހާއި ބައިޔަތު ހިފާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.