ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ޖޭޕީގެ މެންބަރުން-- ފޮޓޯ: އެމްޑީޕީ
ހަބަރު
24 Sep 2023 | 11:24
ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ތާއީދު ލިބުމަކީ ލިބިގެން ދިޔަ އިތުރު ހިތްވަރެއް: ރައީސް ޞާލިޙް

ޖުމްހޫރީ ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތާއީދު ލިބުމަކީ ކުރަމުންގެންދާ މަސައްކަތައް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕޭނު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ރޭ އެމްޑީޕީގެ ކެމްޕޭނާއި ގުޅިވަޑައިގަތް ބޭފުޅުންނަކީ އައު މޫނު ތަކެއް ނޫން ކަމަށާއި، އެބޭފުޅުންނަކީ ކުރިއްސުރެވެސް ހަމަ އެއްމަޤްސަދުތަކެއް ހާސިލް ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ތަކެއް ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެބޭފުޅުންނާއި އެކު މަސައްކަތް ކުރުމަށް ދަތި ނުވާނެ ކަމަށާއި، ރައީސް ޞާލިޙާއި އެހުރިހާ ބޭފުޅުންގެ ވެސް މަޤްސަދަކީ އެއް މަޤްސަދެއް ކަމަށާއި އަމާޒަކީވެސް އެއް އަމާޒެއް ކަމަށެވެ.

"އެއީ އަނިޔާވެރި ކަމަށް ނޫނެކޭބުނުން، ރައްޔިތުންނަށް އުފާވެރި ދުވަހެއް ހޯދައި ދިނުން، އަމާންކަމާއި އެކީގައި މިރާއްޖޭގައި އުޅެވޭނެ ގޮތްތަކެއް ހޯދައި ދިނުން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އުފެދިފައި އޮތް ކޯލިޝަންގައި ޖޭޕީގެ ނަން ނެތަސް އެޕާޓީ އަކީ އެމްޑީޕީ ކޯލިޝަންގެ ބައިވެރިއެއް ކަމަށެވެ. އަދި އެޕާޓީގެ އިސް ބޭފުޅުންތަކެއް މިވަގުތު ރައީސް ޞާލިޙާއި ގުޅިވަޑައިގަތުމަކީ އޭރު ހެދުނު ކޯލިޝަން ދެމެހެއްޓުމާއި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ކުރުމަށް ޓަކައި ލިބިލެއްވި ހިތްވަރެއް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް
އަހްމަދު
އަދަދު ބާތިލް ވޯޓަށްވުރެ މަދު
24 Sep 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.