އެޗްއާރްސީއެމްގެ ނާއިބު ރައީސް އަދުހަމް--
ހަބަރު
24 Sep 2023 | 14:43
ވަޒީފާއަށް ނުނިކުންނަވައި 4 މަސް ދުވަހު ހުންނެވުމަށްފަހު އަދުހަމް އިސްތިއުފާ ދެއްވައިފި!

ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރްސީއެމްގެ ނާއިބު ރައީސް އަހުމަދު އަދުހަމް އަބްދުالله ވަޒީފާއަށް ނުނިކުންނަވައި އޮސްޓްރޭލިޔާގައި ދިރިއުޅުއްވާތާ އެތަށް މަސް ދުވަސް ވުމަށްފަހުގައި، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 

"ވޮއިސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އޮފީހަށް މަސައްކަތަށް ނުނިކުންނަވައި އަދުހަމް އޮސްޓްރޭލިޔާގައި ދިރިއުޅުއްވަމުންދާތާ މިހާރު 4 ވަރަކަށް މަސް ދުވަސް ވެއްޖެއެވެ. އަދި އޭނާ މިހާރު އަންނަނީ އޮސްޓަރުލިޔާގައި އަމިއްލަ ވިޔަފާރިއެއް ހޯދައި އެއިންވެސް ނަފާ ހޯދަމުން ކަމަށް މައުލޫމާތު ލިބެއެވެ.

އޮސްޓަރޭލިޔާގައި އަމިއްލަ ވިޔާފަރި ހޯދައި އެއިން ފައިދާ ނަގަމުންދާއިރު، އެޗްއާރްސީއެމްގެ ނާއިބު ރައީސް ގެ މަގާމުގައި ހުރުމުގެ ސަބަބުން ދައުލަތުގެ ފައިސާއިންވެސް އޭނާއަށް މަގާމުގެ އުޖޫރަ އައީ ލިބެމުންނެވެ. 

އެގޮތުން ވަޒީފާއަށް ނުނިކުންނެވި ނަމަވެސް، މުސާރައިގެ ގޮތުގައި 44,000 ރުފިޔާ އަދި އެމްޕްލޯޔަރ ޕެންޝަންގެ ގޮތުގައި 2,100, އެކު ޖުމްލަ 46,100 އޭނާއަށް ކޮންމެ މަހަކުވެސް އައީ ލިބެމުންނެވެ. 

މި ކަންކަން މީސްމީޑިއާގައި ޢާއްމުވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަދުހަމްއަށް އަމާޒުވެފައިވާއިރު، ހިޔުމަން ރައިޓްސް ކޮމިޝަނުން ވޮއިސް އަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އަދުހަމް ވަނީ އޭނާގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައެވެ. އަދި އިސްތިއުފާ ސިޓީ ގަބޫލު ކުރަންދެން އަދުހަމް މަގާމުން ވަކި ނުވާނެ ކަމަށާ، އިސްތިއުފާ އަށް ހުށަހަޅާތާ 30 ދުވަސް ވަންދެން އޭނާގެ ވާޖިބުތައް އަދާ ކުރަންޖެހޭ ކަމަށްވެސް އެޗްއާރްސީއެމުން ވޮއިސް އަށް މައުލޫމާތު ދީފައިވެއެވެ. 

މަގާމުގައި ހުންނަވައި، ބޮޑު މުސާރަ ނަންގަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް އަދުހަމް އަދާ ނުކުރެއްވިއިރު، އެޗްއާރްސީއެމުން ރާއްޖޭގައި ހިނގަމުންދާ، އެ ކޮމިޝަންގެ ޒިންމާގެ ދަށަށް އަންނަ މައްސަލަތައް ނުބަލާ ކަން އާއްމުންގެ ގިނަބައެއް އަންނަނީ ފާހަގަކުރަމުންނެވެ. 

ޚާއްސަކޮށް މި ރިޔާސީ އިންތިހާބުގެ ތެރޭގައި، ކެންޑިޑޭޓުންގެ ކެންޕެއިން ކުރުމުގެ ހައްގަށް އެރުމާއި، އަދި އިދިކޮޅު ފަރާތްތަކަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ނުދީ އެއްވެސް ހައްގަކާއި ނުލައި ހައްޔަރު ކުރަމުންދިޔަ މައްސަލާގައި ގިނަ ބައެއްގެ ނުރުހުން އެ ކޮމިޝަނަށް އަންނަނީ އަމާޒުވަމުންނެވެ.

އެގޮތުގައި އެ ހުރިހާ ކަމެއް ހިނގަމުންދިޔަ އިރު ނިދާފައި އޮތުމަށްފަހު، އެޗްއާރްސީއެމް ދާދިފަހުން ހޭލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހުޔާ ސަރަހައްދަށް ކެންޕެއިނަށް ވަޑައިގެންނެވުމުން އެތަނުގައި ހިނގައި ދިޔަ ކަންކަމަށް ފަހުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.
10 Jul 2026
ނަތަންޔާހޫ ބޭނުންވަނީ ވޯލްޑްކަޕް އާޖެންޓީނާއިން ކާމިޔާބު ކުރަން
އިސްރާއީލުގެ ކޮމީޑިއަން ބެން ބެން ބާރޫޚް ހޮސްޓުކުރާ "ދަ މޯޖޯ ޕޮޑްކާސްޓް" ގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އާޖެންޓީނާއަށް ތާއީދުކުރަނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާ ހެދި ނޫން ކަމަށާއި އެ ޤައުމުގެ ރައީސް ހާވިއެރް މިލޭއީގެ ސަބަބުން ކަމަށެވެ.
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.