ޑރ. މަހުމޫދު ޝައުގީ-- ފޮޓޯ/ ވޮއިސް
ހަބަރު
28 Sep 2023 | 14:48
ޑރ. މަހުމޫދު ޝައުގީގެ ތާއީދު ޑރ. މުޢިއްޒަށް؛ ވިދާޅުވެދެއްވީ އެއީ ފަސޭހަ ނިންމުމަކަށްވީ ސަބަބުތައް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު, އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މަހުމޫދު ޝައުގީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒަށް ތާއިދު ކުރައްވައިފިއެވެ. 

މަހުމޫދު ޝައުގީ ޑރ. މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައި އޭގެ ސަބަބުތައް ވޮއިސް އާ ހިއްސާ ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމި ނިންމުމަކީ ވަރަށް ފަސޭހަ ނިންމެވުމެއް ކަމަށާ، މީގެ ގާތްގަނޑަކަށް ހަފްތާއެއްހާ ކުރިން އެ ނިންމުން ނިންމެވި ކަމަށެވެ. 

މިއާއެކު ޝައުގީ ވިދާޅުވީ، ޑރ. މުޢިއްޒާއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ދެމެދުން ވަކި ބޭފުޅަކަށް ތާއީދު ކުރައްވަން ނިންމެވުމުގެ ކުރިން ދެ ކަމަކަށް ބެއްލެވި ކަމަށެވެ. އެގޮތުން އޭނާ ގަބޫލު ކުރައްވާ އުސޫލުތަކާއި ސިޔާސަތު ބޮޑަށް ގެންގުޅުއްވަނީ ކޮން ބޭފުޅެއްތޯ ބެއްލެވި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމާއިއެކު މަސައްކަތް ކުރެއްވި އިރު، އެމަނިކުފާނު ވެސް އެންމެ ބޮޑަށް ދައްވަކަވަމުން ދިޔައީ ރާއްޖޭގެ މިނިވަން ކަމަށް އޮތް ނުރައްކަލާއި ރާއްޖޭގެ ދަރަނީގެ ވާހަކަ ކަން ޝައުގީ ފާހަގަކުރެއްވި އެވެ. 

ޝައުގީ ވިދާޅުވީ ދެ ކެންޑިޑޭޓުންގެ ތެރެއިން ގާސިމްގެ ސިޔާސަތާއި ވިސްނުމާއި، އަދި އޭނާގެވެސް ވިސްނުމާއި އެންމެ އެއްގޮތް ކެންޑިޑޭޓެއް ބެއްލެވި ކަމަށާ، އެގޮތުން ބެއްލެވުމަށްފަހު މުޢިއްޒު އިޚްތިޔާރު ކުރެއްވީ ކަމަށެވެ. 

މީގެ އިތުރުން ދެން މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބަކީ ވަރަށް ޕާސަނަލް ސަބަބެއް ކަމަށާ، އެގޮތުން ޑރ. މުޢިއްޒަކީ ރަނގަޅަށް ކިޔަވައިގެން ހުންނެވި ޢިލްމީ ގާބިލު ބޭފުޅެއް ކަމަށާ، މީގެ ކުރިންވެސް ސަރުކާރުގެ މަގާމުތައް ފުރުއްވާފައި ހުރި އިރު އެމަނިކުފާނު ވަނީ ނަތީޖާ ނެރެދެއްވާފައި ކަން ޝައުގީ ފަހަގަކުރެއްވިއެވެ. 

ހަމަ އެހެން، މުޢިއްޒު އަކީ ދީނީ ގޮތުން ބެލި ނަމަވެސް ރަނގަޅު، އަދި ދިވެހި ވަންތަ ދިރިއުޅުމެއް އުޅުއްްވާ ވަރަށް އަޚްލާގު ރަނގަޅު ބޭފުޅެއްކަން ޝައުގީ ފާހަގަކުރެއްވި އެވެ. 

ދިވެހިވަންތަ، ވަތަނީ ލޮތްބެއް ހިތުގައި އޮތް، ދިވެހިރާއްޖެ ވަރަށް ފުރިހަމައަށް ތަމްސީލް ކޮށްދެވޭނެ، އަދި ރާއްޖެއަށް އިތުރު ތަރައްގީ ގެނެސްދެވޭނެ ގާބިލް ބޭފުޅެއްގެ ގޮތުގައި އަޅުގަނޑަށް މުޢިއްޒު ފެންނަނީ. އެހެންވެ އަޅުގަނޑު މުޢިއްޒަށް ތާއީދު ކުރަން. 

ޑރ. މަހުމޫދު ޝައުގީ 

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. ޝައުގީ ޕީއެޗްޑީ ހައްދަވާފައިވާވަނީ ކެނެޑާގެ ޔުނިވާސިޓީ އޮފް ޓޮރޮންޓޯ އިންނެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަމުގެ އިތުރުން ޑރ. ޝައުގީވަނީ ކުރިން ބައެއް އެހެން މިނިސްޓްރީތަކުގެ މިނިސްޓަރުކަން ވެސް ކޮށްފައެވެ. އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަންގެ މަގާމް ފުރުއްވާފައިވެއެވެ.

ޑރ. މަޙުމޫދު ޝައުގީއަކީ ރާއްޖޭގެ މަޝްހޫރު އޮގަރު ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ޑރ މަޙުމޫދު ޝައުގީގެ މަންމާފުޅަކީ އޮގަރު ފާއިޒާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.