ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް
ހަބަރު
28 Sep 2023 | 17:21
މެންބަރު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފި!

ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.

ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަން ހާމަކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ ޕާޓީއާ އޭނާ ގުޅުނީ ރާއްޖެއަށް ހިދުމަތްކޮށް، ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުން ކަމަށެވެ. އަދި ޕާޓީގައި ހޭދަކުރި މުއްދަތުގައި، ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތްތަކެއް މަޖިލީހުގައި ކުރެވިފައިވާނެ ކަންވެސް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން އޭނާ މަޖިލީހަށް ހުށަހެޅުއްވި މުހިންމު ހަތަރު މައްސަލައެއްވެސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

1) ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިިރިއުޅެމުންދާ ބިދޭސީންގެ މައްސަލައާއައި

2) ކޮވިޑް-19 ގައި ފެންމަތިވި ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ އާއި

3) އެންޑީއޭ އިސްލާހް ކުރުމުގެ މައްސަލަ އާއި،

4) ރާއްޖޭގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލައެވެ. 

ހައިތަމް ވިދާޅުވީ، މި މައްސަލަތަކަކީ ސީދާ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިންމު ކަންތައްތަކަށް ވާއިރު، އަދި އެމްޑީޕީއަކީ ވެރިކަން ކުރާ ޕާޓީއަށްވެފައި މިކަންކަން އަހަންމިއްޔަތު ކަމެއް ދީގެން އެކަށީގެންވާ ހައްލެއް ހޯދުމަށް އޭނާއަށް ޕާޓީގެ ލީޑާޝިޕުން އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށެވެ.

"ވުމާއެކު އަޅުގަނޑު ގަބޫލު ކުރެވެނީ މި ޕާޓީއަށްވެސް އަދި އަޅުަގަނޑަށްވެސް އެންމެ ރަނގަޅު ގޮތަކީ، އަޅުގަނޑު ގަބޫލު ކުރެވޭ އުސޫލު ތަކެއްނެތް ޕާޓީއަކުން ވަކިވުމެވެ. ވީމާ އަޅުގަނޑު 26 ސެޕްޓެމްބަރު 2023 ގައި އެމްޑީޕީން ވަކިވެއްޖައީމެވެ." ހައިތަމް ވިދާޅުވި އެވެ. 

ހައިތަމްގެ އިތުރުން މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އޭނާ މިހާރު ވަނީ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.