ޕީޕީއެމްގެ ކެމްޕޭން
ހަބަރު
29 Sep 2023 | 17:59
އަޅުގަނޑުގެ ސަރުކާރު ވެގެންދާނީ ދިވެހިން ފަޚްރުވެރިވާފަދަ ސަރުކާރަކަށް- މުއިއްޒު

މިއަހަރުގެ ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ތާއީދާއެކު ކާމިޔާބު ކުރެއްވިއްޖެނަމަ އެކުލަވާލައްވާ ސަރުކާރު ވެގެންދާނީ ދިވެހިރައްޔިތުން ފަޙްރުވެރިވާފަދަ ސަރުކާރަކަށް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވައިގެން ދެވަނަ ބުރަށް ކުރެއްވި ކެމްޕޭންގެ އެންމެ ފަހު ދުވަހު  މިއަދު ކެމްޕޭނުގެ އެންމެ ފަހު ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެކުލަވައިލައްވާ ކެބެނިޓްވެގެންދާނީ ރައްޔިތުން ފަޚްރުވެރިވާފަދަ އިލްމާއި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ ކެބިނެޓަކަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކަށްވެސް ލައްވަވާނީ އިލްމުގެ ގޮތުން ފުރިހަމަ ގާބިލްކަން ލިބިފައި ތިބި ބަޔެއްކަމަށެވެ. އަދި އެބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތުގައި ނިންމުންތައް ނިންމުގެ ފުރިހަމަ އިޚްތިޔާރު ދެއްވަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުވެސް ޑޮކްޓަރ މުއިއްޒު ޔަގީންކަން ދެއްވީ ސަރުކާރުގެ އެއްވެސް އޮފީހެއްގައި މިސަރުކާރުންވިޔަސް ވަޒީފާދީގެން ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަފަކު އެއީ ސިޔާސީ މަގާމެއް އަދާކުރާ މީހަކަށް ނުވާނަމަ އެމަނިކުފާނުގެ ސަރުކާރެއްގައި ވަޒީފާއިން ވަކި ނުކުރައްވާނެކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ދޭން ކަނޑައަޅާފައިވާ ގޯއްޗެއްވިޔަސް، ސަރުކާރުން ދެމުންދާ އިނާޔަތެއްވިޔަސް، އަދި ލޯނެއްވިޔަސް އެމަނިކުފާނުގެ ސަރުކާރުން ކަނޑާނުލައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ދެން ދިވެހިރާއްޖެ އަލިވިލޭނީ ދިވެހިން އެދޭ ދިވެހިންގެ ރާއްޖެއަށްކަމަށް ވިދާޅުވިއެވެ.

މާލޭގެ އަމީނީމަގާއި މަޖީދީ މަގުންގޮސް އާޓިފިޝަލް ބީޗަށް ނިންމާލި ކެމްޕޭން ރެލީގައި އާދަޔާއި ޚިލާފަށް އެތައް ހާސްބަޔަކު ބައިވެރިވިއެވެ. ގައުމީ ލަވަޔާއި މިއުޒިކާއެކު މަގުތަކުގައި  ހިނގާފައިދިޔަ ސަޕޯޓަރުންތިބީ ވަރުގަދަ ޖޯޝެއްގައެވެ. އެއްއަޑަކުން އެމީހުން ގޮވަމުންދިޔައީ ވޯޓް ފޯރ މުއިއްޒުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.