ފުރަތަމަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން
ހަބަރު
30 Sep 2023 | 07:57
ވޮއިސް އިންތިހާބު ކަވަރޭޖް 2023
30 Sep - 21:44

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި، ގިނަ ވޯޓު ފޮށީގެ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު، 17,760 ވޯޓަށްވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގައި ޑރ. މުޢިއްޒު.

ބާކީ ނުގުނި އެންމެ ދެ ފޮށި އިން އިރު، މުޢިއްޒަށް 125,889 ވޯޓު ވަނީ ލިބިލައްވާފައި.

އަދި ރައީސް ޞާލިހަށް ލިބިލެއްވޫ 108,124 ވޯޓު

އެހެންކަމުން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާނީ ޑރ. މުޢިއްޒު ކަން މިވަނީ ކަށަވަރު ވެފައި.

30 Sep - 21:44

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި، ގިނަ ވޯޓު ފޮށީގެ ނަތީޖާ މިހާރު އިއުލާން ކޮށްފައިވާއިރު، 17,760 ވޯޓަށްވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގައި ޑރ. މުޢިއްޒު.

ބާކީ ނުގުނި އެންމެ ދެ ފޮށި އިން އިރު، މުޢިއްޒަށް 125,889 ވޯޓު ވަނީ ލިބިލައްވާފައި.

އަދި ރައީސް ޞާލިހަށް ލިބިލެއްވޫ 108,124 ވޯޓު

އެހެންކަމުން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާނީ ޑރ. މުޢިއްޒު ކަން މިވަނީ ކަށަވަރު ވެފައި.

30 Sep - 16:49

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި 16:00އާ ހަމައަށް 221,496 މީހުން ވޯޓުލައިފި 

އެއީ ވޯޓުލެވޭ މީހުންގެ 78.32 އިންސައްތަ.

މިހާރު ވޯޓު ނުލާ ތިބި މީހުންގެ އަދަދަކީ 61,308

30 Sep - 16:31

އެމްއެންޔޫ ގައި ބަހަށްޓާފައި ހުރި ވޯޓު ފޮށްޓެއް ކައިރިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި 

30 Sep - 14:10

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި.

30 Sep - 13:47

އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި 13:00 އާ ހަމައަށް 52 އިންސައްތަ މީހުން ވޯޓުލައިފިއެވެ. 

30 Sep - 12:25

ވޯޓު ކަރުދާހުގައި ފާހަގަޖެހި މައްސަލައާއި ގުޅިގެން އީސީގެ އޮފިޝަލް މަޤާމުގެ މަސްއޫލިއްތުން ދުރުކުރުމަށްފަހު ލ.ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގެ ވޯޓުލުން އަލުން ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވިދާޅުވެއްޖެ

30 Sep - 11:36

ފުލުހުން: ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން.

30 Sep - 11:34

ރައީސް ޞާލިހު: މިފަހަރު ނަތީޖާ ވަރަށް ބޮޑަށް ބަދަލުވާނެ. އަޅުގަނޑަށް ފެންނަނީ އިންތިހާބު ކާމިޔާބުވާ ތަން.

30 Sep - 11:04

ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތިވެއްޖެ.

30 Sep - 11:00

ފަސްޓް ލޭޑީ ފަޒްނާ ވޯޓު ލައްވައިފި

30 Sep - 10:59

ދެގަޑިއިރު ތެރޭ 65،600 މީހުން ވޯޓު ލައިފި

30 Sep - 10:58

އޮޕަރޭޝަން ބްލޫ ވޭވް އަޕްޑޭޓް:

އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. މިމީހުންގެ ތެރޭގައި ހިމެނެނީ ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން ފުލުހުންގެ ބެލުމުގު ދަށަށް ގެނެސްފައިވާ މީހުން. އެމީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައި

30 Sep - 10:58

ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައި

30 Sep - 10:53

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވައިފި.

30 Sep - 10:24

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވޯޓު ލައްވައިފި

އެ މަނިކުފާނު ވޯޓު ލައްވައިފައިވަނީ މާފުށީ ޖަލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަށް

30 Sep - 10:08

9 ޖެހުމާއި ހަމައަށް ވޯޓް ލައިފައިވަނީ 36،312 މީހުން.

30 Sep - 10:08

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި، މާބަނޑު އަންހެނުންނަށް ކިއު ގައި ނުޖެހި ވޯޓުލެވޭނެ!

30 Sep - 10:00

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ވޯޓު ލައްވައިފި. މެޑަމް ފާތުން ވޯޓު ލައްވާފައި ވަނީ އިސްކަންދަރު ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް.

30 Sep - 09:40

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ އަނބިކަނބަލުން ސާޖިދާ ވޯޓު ލައްވައިފި 

30 Sep - 09:21

ވީހާވެސް ހެނދުނަކާއި ވަޑައިގެން، ކޮންމެ މީހަކަށްވެސް ލިބިފައިވާ ގާނޫނީ ބޭނުން ހައްގު ބޭނުން ކުރައްވާ ވޯޓު ލެއްވުމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި.

30 Sep - 08:58

އަބޫދާބީ އަދި ޔޫކޭ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވޯޓުލުން ފެށިގެން ކުރިޔަށް އެބަދޭ.

ބައެއް މަރުކަޒު ތަކުގައި ގާތްގަނޑަށް މިނިޓަކު 2 މީހުން ވޯޓު އެބަލާ.

30 Sep - 08:40

‏% 80 އިންސައްތައަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިގެން ކުރިޔަށްދާ ކަމަށް އީސީން ބުނެފި. 

30 Sep - 08:34

އީސީ ހަބީބު: ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ދައުރު ބައެއް ޕާޓީތަކުން ބަދަލު ކުރެއްވުމާ ގުޅިގެން، އެގޮތަށް ބަދަލުކުރި ބައެއް އޮބްޒާވަރުންނާއި މޮނިޓަރުންނަށް، ވޯޓުލާ މަރުކަޒަށް އެކްސެސް ނުވުމުގެ މައްސަލަ ދިމާވެދާނެ. އެއީ އީސީގެ މައްސަލައެއްނޫން. އެކަމަކު އެކަން ހައްލުކޮށް ވީހާވެސް އަވަހަކަށް އެކްސެސް ދިނުމުގެ މަސައްކަތް ކޯޑިނޭޝަން ސެންޓަރުން ކުރިޔަށް އެބަގެންދަވާ.

30 Sep - 08:31

30 Sep - 08:27

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވޯޓު ލައްވައިފި

30 Sep - 08:22

އެއްވެސް ސަބަބަކާ ހުރެ ވޯޓުލުން ލަސްވެ ނުވަތަ މެދުކެނޑުނު ކަމުގައި ވިޔަސް، ވޯޓުލާން ކަނޑައަޅާފައިވާ ގަޑި އިތުރު ނުކޮށްދޭނެ ކަމަށް އީސީން ބުނެފި.

30 Sep - 08:16

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ވޯޓު ލައްވައިފި. 

30 Sep - 08:06

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިއްޖެއެވެ. 

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން 5:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އަދި މިހާރު 80 އިންސައްތަ އަށްވުރެ ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެށިފައިވާ ކަމަށް އީސީން ބުނެއެވެ.

ކުރިއަށް އޮތް ފަސްއަަހަރަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމައް ކަނޑައަޅުއްވާ ބޭފުޅަކު އިންތިހާބުކުރަން ވޯޓުލުން ފެށިއްޖެއެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ވޯޓު ލިބިވަޑައި ނުގެންނެވުމުންނެވެ.

އެގޮތުން ފުރަތަމަ ބުރުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރޭއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަށް ބުރަށް ވަޑައިގެންނެވީ، ކެންޑިޑޭޓް ނަންބަރު 4, ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއާއި, ކެންޑިޑޭޓް ނަންބަރު 3، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 282،803 މީހަކަށެވެ. މި ފަހަރުގެ އިންތިހާބުގައި އަލަށް 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އަދި މި ބުރުގައި ހުންނާނީ ޖުމްލަ 586 ވޯޓު ފޮއްޓެވެ.

ވޮއިސް އިންތިހާބު ކަވަރޭޖުން މުޅި ރާއްޖޭގައި ކުރިއަށްދާ އިންތިހާބުގެ ފަހުގެ މައުލޫމަތު ގެނެސްދެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Jul 2026
20 އަހަރަށްފަހު، ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރުގައި
ރައީސް އައްބާސް ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ގަރާރެއްގައިވާ ގޮތުން، މި އިންތިޚާބު ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް އަދި ގާޒާ ހިމެނޭހެން ފަލަސްތީނުގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިއީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ފަލަސްތީނުގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.
10 Jul 2026
ފްރާންސް-މޮރޮކޯ މެޗުގައި ޕެނަލްޓީ ޖެހުން ލަސްކުރުމުން ހާލަންޑްގެ ފާޑުކިޔުން
މި މެޗުގައި ނުސައިރު މަޒްރާއީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހުމަށް އެމްބާޕޭއަށް 3 މިނެޓާއި 10 ސިކުންތު ވަންދެން މަޑުކުރަން ޖެހުނެވެ. މި ލަސްވުން ދިމާވީ ވީއޭއާރު އިން އެ ހާދިސާ ބަލަމުންދާތީއެވެ. މިކަމާ ގުޅިގެން އެމްބާޕޭ ހުރީ ރެފްރީ ފަކުންޑޯ ޓެލޯ އާއި އޮފިޝަލުންނާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
10 Jul 2026
އެމްބާޕޭގެ މޮޅުކުޅުމާއެކު މޮރޯކޯ ބަލިކޮށް ފްރާންސް ސެމީފައިނަލަށް
މެޗްގައި ތަރިއަކަށްވީ ފްރާންސްގެ އެމްބަޕޭއެވެ. އޭނާ ވަނީ ގޯލެއް ޖެހުމުގެ އިތުރުން ފްރާންސަށް ދެވަނަ ގޯލެއް ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.