އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Oct 2023 | 16:07
އިންތިޚާބީ ރައީސް، ޑރ. މުޢިއްޒު އާއި ރައީސް ޞާލިހުގެ ބައްދަލުވުމެއް!

އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހުގެ  ބައްދަލުވުމެއް ކުރިއަށްދާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. 

ޑރ. މުއިއްޒާއި ރައީސް ޞާލިހުގެ ބައްދަލުވުން ރައީސް އޮފީހުގައި ކުރިއަށްދާއިރު، އެ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް މުޢިއްޒު ވަޑައިގެންފައިވަނީ މިއަދި މެންދުރު ފަހު 3:00 ހާއިރުއެވެ. މި ބައްދަލުވުމައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

މިއަދުގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް 

މި ބައްދަލުވުމުގެ ތަފްސީލް އަދި ރައީސް އޮފީހުން ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ސަރުކާރު ބަދަލުވުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން ބޭއްވޭ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. 

މިއަދުގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިއްޔެ އިއުލާން ކޮށްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން 18000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރައްވާފައިވަނީ ޑރ. މުއިއްޒުއެވެ.

އެގޮތުން މުޢިއްޒަށް 125,889 ވޯޓު ލިބިފައިވާއިރު އެއީ %53.8 އިންސައްތައެވެ. އަދި ރައީސް ޞާލިހަށް 108,124 ވޯޓު ލިބިފައި ވާއިރު އެއީ %46.2 އެވެ.  

މި ނަތީޖާއާއެކު، އަންނަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތު ތައް އަދާކުރައްވާނީ ޑރ. މުހައްމަދު މުޢިއްޒު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.