ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
ހަބަރު
02 Oct 2023 | 10:44
ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކޮށް އިންތިޤާލީ މަރުހަލާގައި ކުރަންވީ ކަންތައް ޖަމީލް ބުނެދެއްވައިފި

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމެވި ނިންމެވުމަށް އިޚްތިރާމް ކޮށް، މިހާރު ހިނގަމުން މިދާ އިންތިޤާލީ މަރުޙަލާގައި ކުރަންވި ކަންކަން ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެދެއްވައިފިއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ  ނިންމުމަށް  އިޙްތިރާމް  ކުރުމާއިއެކު އިންތިގާލީ  މަަރުޙަލާގައި  އެންމެ  ބޮޑު  ސަމާލުކަމެއް  ދޭންޖެހޭ  ދެ ކަމެއް ވާކަމަށެވެ.

އެ ދެކަންތަކަކީ ރައީސް ޞާލިޙްގެ ސަރުކާރުގެ ވައްކަމާ  ކޮރަޕްޝަނާގުޅޭ ލިއެކިއުންތަކަށްބަދަލް  ގެނައުމާއި، ނައްތާލުމުގެ ފުރުޞަތު ނުދިނުމުގެ އިތުރުން ބޭރު  ސިފައިންނާ ގުޅޭ އެއްބަސްވުންތަކާ  ކަނޑު  ވިއްކުމާ  ގުޅޭ  ލިއުންތައް  ބެލެހެއްޓުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ މިދެކަމުގައި ޒިއްމާ އުފުލަންޖެހޭ  ކުންފުނިތަކުގެ  ވެރިން،  ފުރުން މަނާކުރަން ޖެހޭ ކަމަށެވެ.

މިއީ  އަޅުވެތިކުރުމާ، ވައްކަމާ  ދެކޮޅަށް  ރައްޔިތުން  ދިން  ވޯޓެއްކަން  ހަނދާން  ކުރަންވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ކޮމިޝަނެއް އުފެއްދެޗުމަށް ނިންމަވައިފައެވެ. އަދި އިއްޔެ ވަނީ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒާއި ރައީސް ޞާލިހް ބައްދަލުވެސް ކުރައްވައިފައިވެއެވެ.

ކޮމެންޓް
ޫމުހައްމަދު
އޮޅިއްޖެ. ޥެރިކަމަށް ހޮވުނީ ޖަމީލުތޯ؟
02 Oct 2023
ބޮނޑިބަތް ޖަމީލު
ކެރާއްވީ ކަންތެތި ތަކަށް ނިއެނގޭހެއް. ތަކީ ކެއްޔައް؟ ސަރުކާރައް އެނގޭހެއް ކެރާއްވީ ކަންތެތި. ތައް މިކޯ އެނގުވޭނެއި ތަގޭ ގޭ ކަންތެތި ކެރާއްވީލެއް. ބޮނޑޮ މުނާފިގު ކަލޭގެ.
02 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.