މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Oct 2023 | 11:48
އަޅުގަނޑު ގަބޫލުކުރަނީ ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމް ކަމަށް: ރައީސް ޞާލިހު

އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ވާނީ ރިޔާސީ ނިޒާމް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، އިއްޔެ އިންތިޚާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒާ ބައްދަލުކުރެއްވީ ޓްރާންސިޝަނަލް މަސައްކަތްތައް ވީހާ ވެސް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ކަމަށެވެ. 

އަދި، ދެ ބޭފުޅުން ބައްދަލުކުރެއްވުމަށް ފަހު، ޓްރާންސިޝަނަލް މަސައްކަތްތައް ކުރަން ކޮމިޓީއެއް އެކުލަވައިލަން ނިންމާފައިވާ ކަމަށާ، އެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަމުން ވައުދުވެލެއްވި ގޮތަށް ނޮވެމްބަރު 11 ގައި އިންތިޚާބީ ރައީސަށް ހުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ނޮވެމްބަރު 11 ގައި ހުވާ ކުރުމަށް ހުރި ގާނޫނީ ހުރަސްތަކާ މެދު މިހާރު ދިރާސާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖޭގައި ވެރިކަން ކުރަން އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އެކަމާއި ގުޅިގެން އެމަނިކުފާނު އަމިއްލަ އަށް ދެކެވަޑައިގަންނަވާގޮތް މީގެ ކުރިންވެސް ހާމަކުރައްވާފައި ވާނެ ކަމަށެވެ. އެގޮތުން ނީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ ނިޒާމު ބަދަލު ކުރަންވާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. 

"އަޅުގަނޑު ޕާސަނަލީ ގަބޫލުކުރަނީ، ގައުމަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމުން ކަމަށް. އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން. ޕާޓީގެ ވިސްނުން ޕާޓީން ނިންމާނީ. އެހެންވީމާ އެއަށް (ޕާޓީ ދެކޭގޮތަަށް) އަޅުގަނޑު ނުދާނަން."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް މިފަދައިން ވިދާޅުވެފައި ވާއިރު، ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޑިމޮކްރެޓްސްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްްވާފައެވެ. އެ ބިލުގެ މަސައްކަތް މިއަދު ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ކޯރަމް ހަމަނުވެގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.