މިރޭގެ ޖަލްސާގައި ޑރ. މުޢިއްޒު ވާހަކަދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
02 Oct 2023 | 22:20
ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ: ޑރ. މުޢިއްޒު

އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ދިވެހި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އެކި ފަހަރު މަތިން އެކި ރަށްރަށުގައި ވެ ވަޑައިގެންނެވި ބައެއް ވަޢުދުތައް ތަކުރާރު ކުރައްވައި ހުރިހާ ރަށަކަށްވެސް ވެ ވަޑައިގެންނެވި ވަޢުދުތައް ފުއްްދަވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. 

މިއާއެކު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއް ވަޢުދެއްގެ ގޮތުގައި ހިމެނެނީ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީން ކޮށްދެއްވުން ކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންނެވި ފަދައިން ފުށިދިއްގަރު ފަޅާއި، ގުޅި ފަޅާއި އަދި ގިރާވަރު ފަޅު އަންނަ އަހަރު ނިމުމުގެ ކުރިން ހިއްކައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 65,000 ރައްޔިތުންނަށް 5 އަހަރުތެރޭގައި ގެދޮރުވެރިކަން ޔަގީންވާ ބިޔަ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މި ފެށޭ އަހަރު ނިމުމުގެ ކުރީގައި އެއްކޮށް ނިންމައި ދޭނަން. އެއީ އަޅުގަނޑު ވީ ވަޢުދެއް. އެކަން ކުރާނަން އިރާދަކުރެއްވިޔާ. ދެން މިހާރު ދީފައި ހުރި ގޯތިތައް ހަމަ އެގޮތަށް. ބައެއް ގޯތިތައް އަދި ޖެހޭނީ ދުނިޔެއަށް ގެންނަން. ކަނޑުއަޑީގައި ހުރީމާ. އެ ހުރިހާ ގޯއްޗެއް ދުނިޔެއަށް އަންނާނެ އިރާދަކުރެއްވިއްޔާ ބިން ހިއްކާ ނިމޭއިރު. ގެނެސްގެން ރައްޔިތުންނަށް ގެދޮރުވެރިކަން އިރާދަކުރެއްވިޔާ ޔަގީން ކޮށްދޭނަން. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު މުޢިއްޒު ވިދާޅުވީ މާލޭގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ނަމަވެސް، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެމާނިކުފާނުގެ ވެރިކަމެއްގައި ގެދޮރުވެރި ކޮށްދިނުމުގައި ހަމަހަމަކަން އޮންނާނެ ކަމަށެވެ. 

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް ގެދޮރުވެރިކަމުގައި ހަމަހަމަކަން އޮންނާނެ. އެއްވެސް ރައްޔިތަކު ބާކީ ނުވާނެ. އެ ސިޔާސަތު ތަންފީޒު ކުރެވިގެންދާނެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުޢިއްޒު 

ގެދޮރުވެރިކަމުގެ މައްސަލަ އަކީ ރާއްޖޭއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާ، އިޖުތިމާއީ އެންމެ ގިނަ މައްސަލަ ތަކުގެވެސް އެއް ސަބަބަކީ އެއީ ކަމަށް ކެންޕެއިންގެ ތެރެއިން މުޢިއްޒު ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެހެންކަމުން އެ މައްސަލަ އަށް "ޓޯޓަލް ސޮލިއުޝަން އެއް" ނުވަތަ ދާއިމީ ހައްލެއް އެމަނިކުފާނު ގެނެސްދެއްވާނެ ކަމަށް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.