ހީނާ ވަލީދު
ހަބަރު
03 Oct 2023 | 18:24
ރައްޔިތުންގެ މަޖިލީހަކީ އަންހެނުންގެ އަޑު އިވޭ، ބަސްވިކޭ މަޖިލީހަކަށް ވާންޖެހޭ: ހީނާ

ރައްޔިތުންގެ މަޖިލީހަކީ އަންހެނުންގެ ބަސް ވިކޭ އަންހެނުންނަށް އަޑު އަހާ މަޖިލީހަކަށް ވާންޖެހޭ ކަމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

މިއަދު ކުރެއްވި ޓުވީޓެއްގައި ހީނާ ވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެއްވެސް އަންހެން ކަނބަލަކު އަދި ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށާއި މުޅިންވެސް ފެންނަނީ އިންތިޚާބުގައި ވާދަކުރާކަން ފިިރިހެން ބޭފުޅުން އިއުލާނު ކުރައްވާ މަންޒަރަރުކަމުގައެވެ. 

މީގެ އިތުރުން ހީނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އަންހެނުންނަށް ވެސް ފުރުސަތު ލިބޭ، އަންހެނުންގެ ބަސް ބުނެވޭ، އަންހެނުންގެ އަޑު އިވޭ މަޖިލީހަކަށް ވާންޖެހޭކަމަށެވެ. 

މި ޕޯސްޓާއި ގުޅިގެން ހީނާ ވަނީ އެއީ އޭނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ލިޔުނު ޕޯސްޓެއް ނޫން ކަމަށާއި އަންހެނުންގެ ދައުރު މަޖިލީހުގައި އިތުރު ކުރުމަށް ހިތްވަރު ދޭން ލިޔުނު ޕޯސްޓެއް ކަމުގައި ބުނެފައެވެ.

ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ ވަރަށް މަދު އަންހެން ބޭކަނބަލުންނެވެ. އެއީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިޝާން ހުސައިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެވެ. 

ކޮމެންޓް
ޢަލީ
ކޮބާ ޖެންޑަރ މިނިސްޓަރ
03 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.