އީވާ މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Oct 2023 | 13:01
އަންހެނުން ވެސް ގޮނޑި ނެގީމަ ވީ ނޫންހޭ ކިޔަން ނުތިބެ އެމީހުންނަށް ގޮތް ހޯދަދޭން ޖެހޭ: އީވާ

ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ތަމްސީލުވުން އިތުރުކުރުމަށްޓަކައި، މިހާރު ހުރި ގޮންޖެހުންތައް ދެނެގަނެ، އެމީހުންނަށް ޚާއްސަ ފުރުސަތުތަކެއް ދޭން ޖެހޭކަމަށް މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ވިދާޅުވެއްޖެ އެވެ. 

އީވާ މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ކޮމްޕޮސިޝަނަށް ބަދަލުގެނައުމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް އިސްލާހުގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސްކުރައްވަމުން ނެވެ. 

އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް އޮތް ނަމަވެސް ވޭތުވެދިޔަ 15 އަހަރުގައި މަޖިލީހުގައި އަންހެނުންގެ އަދަދަކީ އެންމެ 5 އިންސައްތަ ކަމަށެވެ. އަދި ތިބީ އަބަދުވެސް އެ ތިބޭ އެއްބަޔެއް ކަމަށެވެ. 

އެހެންކަމުން މި ދާއިރާއަށް ނިކުތުމުގައި އަންހެނުންނަށް ގޮންޖެހުންތަކެއް އޮތްކަން އެނގޭ ކަމަށާއި، އެ ދަތިތައް ފިލުވާލާ އަންހެނުން މަޖިލީހުގައި ތަމްސީލުކުރުމަށް ގޮނޑިތަކެއް ޚާއްސަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. 

"ކިތަންމެ ވަރަކަށްވެސް ތިބެވިދާނެ އަންހެނުން ވެސް ހަމަ ގޮނޑި ނަގާލަ ނަގާލަ ތިބީމަ ވީ ނޫންހޭ، އެހެން ކިޔާލަ ކިޔާލަ ތިބެވިދާނެ. އެކަމަކު ޤާނޫނު އަސާސީ އިސްލާހު ކުރީންސުރެ އެންމެ 5 ޕަސެންޓު އަންހެނުން މިތަނަށް މި އިންތިޚާބު ވަނީ. ބަލާލައިފިއްޔާ އަބަދު އެއް އަންހެނުންތަކެއް މި އިންތިޚާބު ވެ ތިބެނީ. އެހެންވީމަ އަންހެނުންނަށް އިންތިޚާބުތަކަށް ކުރިމަތިލުމުގަޔާއި، އަދި އިންތިޚާބީ މަޤާމުތައް ކާމިޔާބުކުރުމުގައި ތާށިތަކެއް އެބަހުރިކަން ވިސްނައިގެން ސްޓެޕްއަޕް އެއް އެބަ ހޯދައިދޭން ޖެހޭ"

މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله 

އީވާ ވިދާޅުވީ އިންތިޚާބީ މަގާމުތަކާއި ގައުމުތައް ހިންގަން ޖެހެނީ އަންހެނުންގެ އަޑާއި އެކީގައި، އެމީހުން އިސްކޮށް ބައިތިއްބައިގެންކަން މުޅި ދުނިޔެވެސް ގަބޫލުކުރާ ކަމަށެވެ. 

އެހެންކަމުން އިލިޔާސް ލަބީބު ހުށައަޅާފައިވާ އެ ބިލަކީ އެ މަޤްސަދު ހާސިލްކުރުމަށް ވަރަށް މުހިންމު ބިލެއް ކަމަށާއި، އެ ބިލަށް ފުރިހަމަޔަށް ތާއީދު ކުރައްވާކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.