ރޭގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
04 Oct 2023 | 15:24
އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ރައްޔިތުންގެ މަޖިލީހުގައި އޮންނަ ބޭނުން: ޝަރީފު

ކުރިއަށް މިއޮތް 7 މަސް ދުވަހުގައި އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ގޮވާލައްވައިފިއެވެ.

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަވޯޓާ ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ ބޭފުޅުންވެސް ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް ކަމަށާއި ދެން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން ގޮތެއް ކަމަށެވެ.

އެހެންކަމުން ނިޒާމީ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު ބޭރުކޮށްލުމަށް އިތުރު ގަރާރެއް ހުށަހެޅުމަށް ގޮވާލައްވަމުން ޝަރީފް ވަނީ ޑިމޮކްރެޓްސް ގެ މެންބަރުން ރުއްސުމަށް ދައުލަތުގެ ބަޖެޓުން 45 މިލިއަން ޚަރަދު ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުމެން ބޭނުމެއް ނޫން ބޭކާރު ގޮތެއްގައި ހަތް ޕަސެންޓް[ޑިމޮކްރެޓްސް] ރުއްސުމަށްޓަކައި ދިވެހި ދައުލަތުގެ ބަޖެޓުން މިހާ ތަދު ދުވަސްވަރެއްގައި 45 މިލިއަން ރުފިޔާ ހަރަދު ކުރާކަށް. ބޭނުމެއް ނޫން." 

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް 

މިއާއެކު ޝަރީފު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ބާކީ އޮތް 7 މަސް ދުވަހުގައި މަޖިލީހުގެ ކޮންޓްރޯލް އެމްޑީޕީގެ އަތުގައި ބާއްވަން ބޭނުންވާ ކަން ފާހަގަކުރައްވައި، އެކަމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނާއިބު ރައީސް އީވާ ރިޔާސަތުން ބޭރުކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް އަނެއްކާވެސް ނަގަން ހުށަހަޅުއްވާފައެވެ. 

"އަޅުގަނޑުމެން ކުރިއަށް މި އޮތް ހަތް މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލާއި ބާރު ރައްޔިތުންގެ މަޖިލީހުގައި އޮތުމަށް ބޭނުން" 

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް 

މަވޯޓާ މިފަދައިން ވިދާޅުވެފައި ވާއިރު, މީގެ ކުރިންވެސް އެމްޑީޕީން ވަނީ ނަޝީދާއި އީވާ ރިޔާސަތުން ބޭރު ކުރަން އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ މައްސަލަ އެމްޑީޕީން ވަނީ އަނބުރާ ގެންދަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.