މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
11 Oct 2023 | 13:14
ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަށް ހުރަސް އަޅަނީ މަޖިލީހުގެ ރިޔާސަތުން: ޝަރީފު

ޖުޑިޝަރީ އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުންނާއި، ދަ ޑިމޮކްރެޓްސް ގެ މެންބަރުން ހުރަސް އަޅަމުންދާ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޖުޑިޝަރީ އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން މަވޯޓާ ޝަރީފު ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއި މަޖިލީހުގެ ހުރަސް އަޅުއްވަމުންދާ ކަމަށެވެ.

އެގޮތުން، ޖުޑިޝަރީ އިސްލާހުކުރާ ބިލަކީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ހުށައެޅުނު ބިލެއް ކަމަށްވާއިރު، އެ ބިލުގެ ފުރަތަމަ ކިޔުން އިއްވިފައި ވަނީވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއީ މަޖިލީހުގެ ރިޔާސަތުން ޖުޑިޝަރީ އިސްލާހު ކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

"19 ޖޫން ގައި ހުށަހެޅުނު ބިލެއް، ސެޕްޓެމްބަރު ގައި ފުރަތަމަ ކިޔުން އިއްވުމަކީވެސް މަޖިލީހުގެ ރިޔާސަތުން ކަނޑައެޅިގެން މިކަން ވިޔަ ނުދިނުމަށް ކުރައްވާފައި އޮތް ކަމެއްގެ ގޮތުގައި އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން. މި ބިލަށް ބަހުސް ނުކޮށް މަޖިލީހުގެ ތަޅުމަށް ނައިސް އޮތީވެސް ރާވައިގެން ޖުޑިޝަރީ އިސްލާހު ކުރުމަށް ހުރަސް އެޅުމުގެ ގޮތުން." 

މަވޯޓާ ޝަރީފު 

ޝަރީފް އިތުރަށް ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޖިލީހުގައި ދެކިފައިވާ އެއް ވާހަކައަކީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ވާހަކަ ކަމަށެވެ. އަދި ސިޔާސީ ނުފޫޒު އެތަނަށް ވަނުމުގެ އެންމެ ބޮޑު ނާރެހަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހުންނެވުމާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވުންކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ވީހާވެސް އަވަހަކަށް ޖުޑިޝަރީ އިސްލާހު ކުރުމުގެ ބިލުގެ ބަހުސް ނިންމައި ޖޭއެސްސީއަށާއި ގާނޫނުއަސާސީ އަށް އިސްލާހުތައް ގެނައުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.