ރަސްމާދޫ ކައުންސިލްގެ މުވައްޒަފުންނާ ރައީސް ޞާލިހު ބައްދަލުކުރެއްވުން--ފޮޓޯ/ރައީސް އޮފީސް
ހަބަރު
13 Oct 2023 | 11:15
ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ލިބޭނީ އާދިއްތައިން ފެށިގެން!

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދޭނެ ކަމަށް ސަރުކާރުން އިއުލާން ކުރި %35 އެލަވަންސް ދޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު، ސަރުކާރުން ނެރުނު އެންގުމެއްގައި، މިމަހު 1 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް 'ސްޕެޝަލް ޑިއުޓީ އެލަވަންސް'ގެ ގޮތުގައި އިތުރު ގަޑީގެ އިނާޔަތް ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވާފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. 

އެހެން ނަމަވެސް، ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ މި އެލަވަންސް ދޭން މިހާރު ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެލަވަންސް ދޭ މުވައްޒަފުންގެ އިތުރު ގަޑި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރު ގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރު އިތުރަށް ކޮށްފައިވާ ވަގުތަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެހެންނަމަވެސް، އެއިން އެސްއެސް އަދި ޖީއެސް ރޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ލީގަލް އޮފިސަރުން އިސްތިސްނާ ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

ކޮމެންޓް
އިސްމާއީލް ހ
ތިއީ އެއްވެސް ބޭނުމެއް ނެތް ގޮތަށް ދީފައި އޮތް އެއްޗެއް، އެންމެ ގިނަ މަސައްކަތް ކުރާ މުވައްޒަފުން ތިބި ރޭންކުގެ މުވައްޒަފުންގެ އޯވާ ޓައިމް ކަނޑާލާފައި ބޮޑު އޮޅުވާލުމެއް ތިއީ ތީ ގެން ބޮޑު ވީ އެއްޗެއް ނެތް
13 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.