އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
14 Oct 2023 | 19:29
އުންމީދަކީ ހުވާކުރާތާ ހަފްތާއެއްތެރޭ އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބުވުން: ޑރ މުއިއްޒު

އުންމީދުކުރަނީ ވެރިކަމަށް ހުވާކުރައްވާތާ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިން ރާއްޖެއަށް ބޭލުމުގެ މަސައްކަތް ކާމިޔާބުވެގެން ދިއުންކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އިންތިޚާބީ ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މީޑީއާއަށް (ގަތަރުގެ އަލް-ޖަޒިރާ ޗެނަލަށް) ދެއްވި ބަސްދީގަތުމުގައި ވާހަކަދައްކަވަމުން ނެވެ. 

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެއްވެސް ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ސަލާމަތާއި ސިޔާދަތަށް އޮތް ނުރައްކަލެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތުތައް ރައްކާތެރިކޮށްދޭ ސިޔާސަތެއް ނޫން ކަމަށާއި، މިހާރު ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތް ގޮތުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ސިޔާދަތާމެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. 

ދިވެހިރައްޔިތުން މިހާރު އޮތް ސަރުކާރަށް ދެވަނަ ދައުރެއް ނުދިން މައިގަނޑު ސަބަބަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބެން ބޭނުން ނުވާތީކަމަށް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒަކަށްވާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ކަމަށެވެ، އަދި އެކަން ކުރައްވާނީ ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކަމަށާއި، ވެރިކަމަށް ހުވާކުރައްވާ ދުވަހުން ފެށިގެން އެ މަސައްކަތް ފައްޓަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ހުވާކުރެއްވުމުގެ ކުރިން މިހާރު ހިނގަމުންދާ އިންތިޤާލީ މަރުހަލާގައި ވެސް އިންޑިއާގެ ހައިކޮމިޝަނަރާއި ބައްދަލުކުރައްވާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރައްޔިތުން ނިންމާފައިވާ ނިންމުން ސަފީރުގެ ސަމާލުކަމަށް ގެނެސް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވާނެކަން ސަފީރަށް ދަންނަވާފައިވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެ ބައްދަލުވުމުގައި ދިވެހިންގެ ނިންމުމަށް އިންޑިއާއިން ވެސް އިޚްތިރާމުކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޚްތިރާމުކޮށް އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރުމުގައި އެއްބާރުލުން ދެއްވާނެކަމަށް ސަފީރު ވިދާޅުވެފައިވާކަން ވެސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، ރައްޔިތުންނަށް އަމާންކަމުގެ އިހުސާސްވާނެ ވެއްޓެއް ގާއިމްކުރުމަށް އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ހުވާކުރައްވާ ދުވަހުން ފެށިގެން ކުރައްވާއިރު، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

އެހެން ނަމަވެސް އެ މަސައްކަތް ކުރުމުގައި ކަންބޮޑުވުންތަކެއް ވެސް ހުރި ކަމަށާއި، އެގޮތުން އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބި ސީދާ އަދަދު ނޭގުމަކީ އެންމެ ބޮޑު ކަންބޮޑުވުންކަމަށް ޑރ މުއިއްޒުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.