ޑރ މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: އިންޓަނެޓް
ހަބަރު
17 Oct 2023 | 08:54
ދިވެހިން އަޒުމް އާކުރަންވީ އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް: ޑރ ޝަހީމް

އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ތާއަބަދު ބޭއްވުމަށް އަޒުމް ކަނޑައަޅަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ޑރ ޝަހީމް ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސްކަމަށް ތާރީހީގޮތުން ކަނޑައެޅިފައިވާ ދުވަހުން އެ ހަނދާންކޮށްދެނީ ވަރަށް ގިނަ ވާހަކަތަކެއް ކަމަށެވެ.

ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އެއްބައިވަންތަކަމުގެ އަސާސަކީވެސް އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ހިދާޔަތުގައި ދިވެހިރާއްޖެ ބޭއްވުމަށް ދިވެހީން އަޒުމްކަނޑައެޅުމަށް ޑރ ޝަހީމް ވަނީ އެދިލައްވާފަ އެވެ. 

"ރާއްޖެ އިސްލާމްވި ދުވަސްކަމަށް ތާރީހީ ގޮތުން ކަނޑައެޅިފައިވާ ދުވަހުން އެ ހަނދާންކޮށްދެނީ ވަރަށް ގިނަ ވާހަކަ. ދިވެހީން އަޒުމް އާކުރަންވީ ތާއަބަދަށް އިސްލާމްދީނުގެ ހިދާޔަތުގައި ރާއްޖެ ބޭއްވުމަށް. މި ދައުލަތުގެ މިނިވަންކަމަށާއި ސިޔާދަތާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމްދީން"

ޑރ މުހައްމަދު ޝަހީމް އަލީ ސައީދު

ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ.

އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުންއައި އެހެން ދީންތައް ދޫކޮށްލާ ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ވެސް އެދުވަހު ކަމަށް ތާރީޚުން ހެކިދެއެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއް ކަމުގައިވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީގެ އަތްޕުޅުމައްޗަށެވެ.

އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުހައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.