ސަބްރާ ނޫރައްދީން/ ފޮޓޯ: އިންޓަނެޓް
ރިޕޯޓް
17 Oct 2023 | 11:55
ތިމާވެއްޓަށް ގެއްލުންދިން އިރު ހަނުހުރި ސަބްރާ ހުނުފެނަށް!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނިމެމުންމިދާ ވެރިކަމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުންވާނެ އެތައް ކަމެއް ހިނގާފައި ވީ ނަމަވެސް، "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަޤާމުގައި ހުންނަވާ، އެކަންކަން ފާހަގަކޮށް އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމަށްފަހު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅެއް ނުބައިކޮށް ތަރުޖަމާކުރައްވާ ސަބްރާ ނޫރައްދީން ކުރި ޓްވީޓަކާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ. 

އަލްޖަޒީރާ އިންޓަވިއުގައި އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، މޫސުމީ މައްސަލަތަކުގެ ސަބަބުން 2050 ގައި ރާއްޖެ ނެތިދާނެ ވާހައަކައީ ޙަޤީޤަތެއްކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

ނަމަވެސް މޫސުމީ ބަދަލުތަކާއެކު ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން އެކަންކަމުގެ އަސަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ވާހަކަތައް ނުބައިކޮށް ތަރުޖަމާކޮށް ބައެއް ފަރާތްތަކުން ފާޑުކިޔުން އަމާޒުކުރަމުންދާއިރު، އޭގެ އެއްބޭފުޅަކީ ސަބްރާއެވެ.

އެހެން ނަމަވެސް ޑރ މުއިއްޒުގެ އެ ވާހަކަފުޅަށް ފާޑުކިޔުން އަމާޒުކޮށް ސަބްރާ ކުރެއްވި ޓްވީޓަށް އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނެފައިވަނީ މި ހިނގަމުންދާ ފަސް އަހަރު ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭގޮތަށް އެތައް ކަމެއް ހިނގާފައިވާއިރު، އެއިން ކަމަކަށް ބަހެއް ބުނަން ކެރިވަޑައިނުގެން ހުންނެވުމަށްފަހު ޑރ މުއިއްޒަށް ފާޑުކިޔަންވީމަ "ތިމާވެށީގެ ޗެމްޕިއަނުންނަށް" ނިދިން ހޭފުޅުލެވިއްޖެ ކަމަށެވެ. 

ސަބްރާއަށް ރައްދުދިން މީހަކު ބުނެފައިވަނީ 2050 ގެ ނިޔަލަށް ދިވެހިރާއްޖެ އަޑިއަށް ދާނެކަމަށް ޤަބޫލުނުކުރަނީ ހަމައެކަނި ޑރ މުއިއްޒު ނޫން ކަމަށެވެ. ޚުދު އެމީހާ ވެސް އެކަން ޤަބޫލު ނުކުރާ ކަމަށާއި، 2050 ގެ ނިޔަލަށް ދިވެހިރާއްޖެ އަޑިއަށް ދާނެ ނަމަ ރާއްޖޭގެ ޓުއަރިޒަމަށް އަދި ރިސޯޓުތަކަށް އިންވެސްޓުކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ. 

"ތިމާވެއްޓަކީ ތިމާމެންގެ ޖީބު ބޮޑުކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ހަދައިގެން ނުވާނެ"

ފާޑުކީ މީހަކު ވަނީ މި ފަސް އަހަރު ރާއްޖޭގެ ރީތި ފަރުތަކަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ދިންއިރު "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ސަބްރާ ހުންނެވީ ކޮންތަނަކު ތޯ ސުވާލުކުރައްވާފަ އެވެ. އަދި އެ ދުވަހު ހަނު ހުންނެވުމށްފަހު ކުއްލިއަށް ރާއްޖޭގެ ތިމާވެއްޓާއި ދޭތެރޭ އެހާ ބޮޑަށް ކަންބޮޑުވާން ޖެހުނު ސަބަބީ ކޮބައިތޯވެސް އޭނާ ވަނީ ސުވާލުކޮށްފަ އެވެ. 

ސަބްރާއަށް ފާޑުކީ އާންމު ރައްޔިތަކު ބުނީ ތިމާވެށީގެ ނަން ބޭނުންކޮށްގެން ސަބްރާއާއި އޭނާގެ އާއިލާއިން މާލީގޮތުން ބޮޑެތި މަންފާތައް ނަގާފައިވާ ކަމަށެވެ. 

އޭގެ އިތުރުން މީހަކު ވަނީ ތިމާވެށި ވިއްކައިގެން މިލިއަނުން ހޯދި ފައިސާއަށް ވީ ނުވީވެސް އަދިވެސް ނޭނގޭ ކަމަށާއި، ދޫނި ހިމާޔަތްކުރުމުގެ ނަމުގައި ބަޖެޓުގައި ޖެހި 200 އެތައް މިލިއަނެއް ޚަރަދުކުރި ގޮތް ސާފުކޮށްދީފައި ނުވާކަން ހަނދާންކޮށްދީފައެވެ. އޭނާ ބުނީ ތިމާވެއްޓަކީ ތިމޭމެންގެ ޖީބު ބޮޑުކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ހަދައިގެން ނުވާނެ ކަމަށެވެ. 

"ސާބަހޭ ސަބްރާ!"

ފާޑުކީ އިތުރު މީހަކު ބުނީ ސަބްރާފަދަ މީހުންނަށް ތިމާވެށީގެ ވާހަކަ ދެއްކެނީ އިދިކޮޅުގައި އޮންނައިރު އެކަނި ކަމަށެވެ. ވެރިކަމުގައި ތިބޭއިރު މޫސުމަށް އަންނަ ބަދަލުގެ ނަންގަނެލަންވެސް ނުކެރޭކަން އެމީހާ ފާހަގަކުރިއެވެ. 

ބައެއް މީހުން ބުނީ ފަސް އަހަރު ހަނު ހުންނެވުމަށްފަހު ކުއްލިއަކަށް ތިމާވެށީގެ ވާހަކަ ދައްކަން ފެށުމުން ހިތާމަކުރާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ތިމާވެއްޓަށް ނުލިބޭ ބޮޑެތި ގެއްލުންތައް މި ފަސްއަހަރު ވަމުން ދިޔައިރު "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ މަގާމުގައި ހުންނަވާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވި ގޮތަށް ދެން ވެސް ހަނު ހުންނެވުމަށް ބައެއް ފަރާތްތަކުން ވަނީ ސަބްރާއަށް ނަސޭހަތްތެރިވެފަ އެވެ. 

"ކްލައިމެޓް ޗޭންޖު ބަހަނާއަކަށް ހަދައިގެން ސަރުކާރާއި އެންޖީއޯތަކަށް ލިބުނު ފަންޑުތަކަށް ވީގޮތެއް ބަލަން ޖެހޭ. ރާއްޖޭގެ ހުރިހާ ރަށެއްގެ ފަރުތައް ވަނީ ވީރާނާކޮށްފަ، ކްލައިމެޓް އެންވޯއީ ތި ހުންނަނީ ބޮޑު މުސާރަ ނަންގަވައިގެން އަޅާވެސް ނުވާ"

ސަބްރާއަށް ފާޑުކީ އާންމު ރައްޔިތެއް

ސަބްރާއަަށް ފާޑުކީ ގިނަ ފަރާތްތަކެއް އެންމެ ބޮޑަށް ނުރުހުން ފާޅުކުރި ކަމަކީ މި ފަސް އަހަރު ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔައިރު އެއްވެސް އެއްޗެއް ވިދާޅުނުވެ ސަބްރާ ހަނު ހުންނެވުމެވެ. ސަބްރާއަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އޮތް ބޭފުޅަކަށް ވާއިރު، އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވާފައި ނުވާކަން ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ފެށި ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ގެންގުޅުނު ބާޖުތަކަށް ވިލިމާލެ ފަރަށް އުރި ދެފަހަރު މަތިން އެ ފަރަށް އިޔާދަ ނުކުރެވޭ ބޮޑެތި ގެއްލުންތައް ލިބިގެން ގޮސްފައިވުމާއި، އޭގެ އިތުރުންވެސް އެތައް ފަރަކަށް ލިބުނު ގެއްލުންތަކުގެ މަތިން އާންމުން ވަނީ ހަނދާން އާކޮށްދީފަ އެވެ. 

އޭގެ އިތުރުން ސަބްރާމެން ފަދަ ބޭބޭފުޅުން މާޒީގައި ހަނުތިއްބެވި ގޮތަށް، ތިމާވެށީގެ ވާހަކަ އިތުރަށް ނުދައްކަވާ ހަނު ތިއްބެވުން މާ ރަނގަޅުވާނެ ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. 

ކޮމެންޓް
މުހައްމަދު
މައްމަޔަކީ އިބޫގެ ފަހަރިއަށްވާތީ އާއި ބައްޕައަކީ ރާއްޖޭގެ އެންމެ މުއްސަދި އެކަކަށްވާތީ އިއްޒައްތެރިކަން ދީފައިވާމީހުން.
17 Oct 2023
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.