އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
20 Oct 2023 | 12:38
އިންތިޚާބު ކާމިޔާބު ކުރުމަށް ދެއްކި އެކުވެރިކަން, ސަރުކާރު ދެމެހެއްޓުމަށް ދައްކައިދެއްވާ: އިންތިޚާބީ ރައީސް

މިއަހަރުގެ ރިޔާސީ އިންތިޚާބު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ  ކާމިޔާބު ކުރުމަށް ކެމްޕެއިން ޓީމްތަކާއި ސަޕޯޓަރުން އެކުވެރިކަމާއިއެކު މަސައްކަތް ކުރި ފަދައިން، ސަރުކާރު ދެމެހެއްޓުމަށް ވެސް މަސައްކަތް ކޮށްދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރޭ ސޯޝަލް ސެންޓަރުގައި ޑރ. މުޢިއްޒުގެ ކެމްޕެއިން ޓީމްތަކާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންމެ ފުރަތަމަ ކަމަކަށް، އެމަނިކުފާނު ވަނީ އިންތިޚާބުގެ ކެންޕެއިން ތެރެއިން ކެންޕެއިން ޓީމުތަކުންނާއި، ސަޕޯޓަރުން ކުރި ބުރަ މަސައްކަތަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވައިފައެވެ. އަދި އެ ޓީމުތަކުން ކުރި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު އުޖާލާ ކުރުމަށް ފުރުސަތެއް ލިބިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮންމެ ކަމެއްވެސް ހާސިލް ކުރުމަށްވުރެ، އެ ހާސިލް ކުރެވުނު ކަންތައް ދެމެހެއްޓުމަށް އުނދަގޫ ވާނެކަން ފާހަގަކުރައްވައި މުޢިއްޒު ވަނީ، އަންނަން އޮތް ސަރުކާރު ދެމެހެއްޓުމަށްވެސް އެންމެން ގުޅިގެން އެކުވެރިކަމާއި އެކު މަސައްކަތް ކުރެއްވުމަށް އެދިލައްވާފައެވެ. 

"އާދެ ކަމެއް ހާސިލް ކުރުން، ކަމެއް ހާސިލް ކުރުމަށްފަހު އެކަން ދެމެހެއްޓުމަށްވުރެ ފަސޭހަ ވާނެ. ދެންމިއޮތީ ދެމެހެއްޓުން. ގައުމީ މަސައްކަތެއް. ވަރަށް ވަރުގަދަ މަސައްކަތެއް ކުރަން މިޖެހެނީ. އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެމްޕެއިން ކާމިޔާބު ކުރުމަށް މިދެއްކި އެކުވެރިކަން އެގޮތުގައި ދައްކަން. އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމުގައި ހަމަ އެ އެކުވެރިކަންމަތީގައި އަދި އެއަށްވުރެވެސް ނުގުޑާ އަޒުމެއްގައި ގައުމާއިގެން ކުރިއަށް ދިޔުމުގައި އަތުކުރި އޮޅާލައިގެން ތިބޭ ބަޔަކަށް ވެގެންދާން" 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު 

މިއާއެކު މުޢިއްޒު ވަނީ ކުރިއަށް އޮތީ ވަރަށް ހައްސާސް ދުވަސްތަކެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވާ ގައުމީ މަސައްކަތުގައި އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. 

“ކުރިއަށް މި އޮތީ ވަރަށް މުހިންމު ހައްސާސް ދުވަސްތަކެއް. އަޅުގަނޑުމެންގެ ގައުމު ހަމަމަގަށް އެޅުވުމުގަ މި ފެށޭ މަސައްކަތުގަ އަޅުގަނޑުމެން އެންމެން އެކަތިގަނޑެއްގެ ގޮތުގަ އެކުވެރިކަމާއި އެކު ކުރިއަށްދާން ޖެހޭ.” ޑރ. މުއިއްޒު ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.