މާލެސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީން ފަލަސްޠީން ފަނޑަށް ފައިސާ ހަދިޔާ ކުރުން --
ހަބަރު
23 Oct 2023 | 14:48
މާލެސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީން ފަލަސްޠީނަށް އެހީވުމަށް 1 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި!

މާލެސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އާއު ގުޅިގެން، ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ އަހުންނާއި އުހުތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ފަންޑު ރައިސިން އިވެންޓުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިމަހު 7 ވަނަ ދުވަހު، ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން އެގައުމަށް ގަދަކަމުން ވެރިވެގެންފައިވާ އިސްރާއިލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާއާއި ގުޅިގެން އިސްރާއީލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެއާއެކު, އެމީހުންގެ ވަރުގަދަ ހަމަލާތައް ކެނޑިނޭޅި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އާއްމުންނަށް އަމާޒުކުރަމުންދާއިރު, ހަނގުރާމައިގެ ސަބަބުން އެތައް ހާސް މުސްލިމުން ވަނީ އަސާސީ ހައްގުތަކުން މަހްރޫމްވެ ބިކަ ހާލުގައި ޖެހިފަ އެވެ.

އެ ރައްޔިތުންނަަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީން) ހުޅުވާލާފައިވާ ފަންޑް ރެއިޒިން އިވެންޓަށް ފައިސާ ހަދިޔާ ކުރުމަށް މާލެ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އަދި އިންޓަރނޭޝްނަލް އެއިޑް ކެމްޕެއިންގެ ގުޅިގެން މާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަންޑް ރައިސިން ހަރަކާތުގެ ތެރެއިން ޖުމުލަ 1,33,618 ލިބިފައިވާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފައެވެ. 

ފަންޑް ރެއިޒިން އިވެންޓް އިން ލިބުނު ފައިސާގެ ތަފްސީލް:

- 133،618 ރ (އެއްލައްކަ ތިރީސް ތިން ހާސް ހަ ސަތޭކަ އަށާރަ ރުފިޔާ)

- 151 ޑޮލަރު

- 130 ޔޫރޯ

- 2 އިންޑިއަން ރުޕީސް

- 2 ޓާކީ ކޮއިން

މާލެސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ފަންޑް ރެއިޒިން އިވެންޓްއަކީ ކާމިޔާބު އިވެންޓްއަކަށް ހެދުމަށް ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.