އޭސީސީގެ ބައެއް މެންބަރުން--ފޮޓޯ/އޭސީސީ
ހަބަރު
23 Oct 2023 | 16:42
ވެރިކަން ބަދަލުވާ މަރުހަލާގައި ލިޔެކިޔުން ނައްތާލުން ހުއްޓުވުމަށް އޭސީސީން ފުލުހަށް!

ދައުލަތުގެ ލިޔެކިޔުން ނައްތައިލުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިވެހި ފުލުހުންގެ ކިނބައިން އެދިއްޖެއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ބައެއް އިދާރާތަކާއި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ލިޔެކިޔުން ނައްތައިލަމުންދާކަމުގެ ޝަކުވާ އެ ކޮމިޝަނަށް ހުށަހެޅި، އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާތީއާއި ކޮމިޝަނުގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ.

އަދި ދައުލަތުގެ ލިޔުންތަކަށް ބަދަލުގެނައުމާއި ލިޔެކިޔުން ނައްތައިލުމާއި ފޮރުވަން އުޅުން ފަދަ ކަންކަމަކީ ކޮމިޝަނުގެ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމަށްވާތީ އެފަދަ އަމަލުތައް ހުއްޓައިލަން އެ ކޮމިޝަނުން ވަނީ އަންގާފައެވެ. 

އަދި ލިޔެކިޔުން ނައްތައިލަން ނުވަތަ ފޮރުވަން ނުވަތަ އެއަށް ބަދަލުގެނައުމަށް އެއްވެސް ފަރާތަކުން އަންގައިފިނަމަ، އެފަދަ ކަންކަން ކުރުމުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް އެ ކޮމިޝަނުންވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ ކަމުގެ ތަފުސީލު މައުލޫމާތު ކޮމިޝަނާ ހިއްސާކުރުމަށްވެސް އޭސީސީން އެދިފައިވެއެވެ.

މިއާއެކު އޭސީސީގެ ބަޔާނުގައި ބުނީ، ދައުލަތުގެ ލިޔުންތަކަށް ބަދަލުގެނައުމާއި ނައްތައިލުމާއި ފޮރުވުން ފަދަ ކަންކަމަކީ ރާއްޖޭގެ ޤާނޫނުތަކުން ކުށްކަމަށް ކަނޑައަޅާފައިވާ އަމަލުތަކެއްކަަމަށާ، އެކަންކަން އެ ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުރި ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރުމާއި ނައްތައިލުމުގެ އަމަލުތައް، ޕީސީބީން ހުއްޓުވައިދިނުމަށް އެ ބޯޑުގައި ކޮމިޝަނުން އެދިފައިވާނެ ކަމުގައިވެސް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.