25 Feb 2019 | 10:15
އަނިޔާގެ މައްސަލަތައް ގިނަ ޔުނައިޓެޑުން ލިވަޕޫލް ހިފަހައްޓާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ބައްދަލުކުރި މެޗް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ނުދިޔަ މި މެޗުގައި ޔުނައިޓެޑަށްވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އެންޑާ ހެރޭރާއަށް އަނިޔާވެ ދަނޑުން ބާލަން ޖެހުނުއިރު 25 ވަނަ މިނެޓުގައި މަޓާއަށްވެސްވަނީ އަނިޔާގެ ސަބަބުން ކުޅުމައި ވަކިވާން ޖެހިފައެވެ.

ޔުނައިޓެޑް އިތުރަށް މާޔޫސްކޮށްލީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް މަޓާގެ ބަދަލުގައި ކުޅެން އެރި ލިންގާޑްއަށް އަނިޔާވުމައި ގުޅިގެންނެވެ. ލިންގާޑްގެ ބަދަލުގައި ކުޅެން އަރާފައިވަނީ ސަންޗޭޒްއެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ފާހަގަވެގެން ދިޔަ މި މެޗުގައި ލިވަޕޫލްގެ ފިރްމީނޯވެސްވަނީ މެޗުގެ ފުރަތަމަ 30 މިނެޓަށްފަހު ދަނޑުން ފައިބާފައެވެ.

ފުރަތަމަ ހާފުގައި މަޖުބޫރު ތިން ބަދަލު ޔުނައިޓެޑުން ގެންނަން ޖެހުނުއިރު މެޗުގެ ކުރިން އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ މަޓީޗް އަދި އެޓޭކަށް ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި ތަރި މާޝިއަލް ހުރީ އަނިޔާގައެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ލިވަޕޫލްއަށް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް ޔުނައިޓެޑުގެ ގޯލައި އަމާޒުކޮށްލެވިފައެއް ނުވެއެވެ. މިއާ ހިލާފަށް ޔުނައިޓެޑްވަނީ ލިބޭ މަދު ފުރުސަތުތަކުގެ ބޭނުން ހިފާ ލިވަޕޫލް ޕްރެޝަރަށް ވައްޓާލާފައެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ޔުނައިޓެޑް ބަލިކުރެވެން އޮންނަ ދުވަސް ދުވަހު ކޮންމެހެންވެސް އެކަން ކުރަން ޖެހޭނެ ކަމަށައި ލިވަޕޫލް މި މެޗުގައި ދެއްކު ކުޅުން އެހާ ރަނގަޅު ނޫން ކަމުގައެވެ. މި މެޗަކީ ފާހަގަކޮށްނުލެވޭ އެތައް ކަމެއް ފެނިގެން ދިޔަ މެޗެއް ކަމުގައިވެސް ކްލޮޕް ފާހަގަކޮށްފައިވެއެވެ.

ޔުނައިޓެޑްގެ ކޯޗް ޝޯލްޝާ ބުނީ ރަޝްފޯޑަށްވެސް ހުރީ އަނިޔާވެފަކަމަށައި އެހެންކަމުން އޭނާގެ ޓީމް މެޗް ކުޅެމުން ދިޔައީ އެގާރަ ކުޅުންތެރިންނާއެކުގަ ނޫން ކަމަށެވެ.

މި މެޗުން ނުކުތް ނަތީޖާއަށްފަހު ލިވަޕޫލް ތާވަލުގެ އެއްވަނައަށް އަރާފައިވާއިރު ޔުނައިޓެޑްވަނީ ފަސްވަނައަށް ވެއްޓިފައެވެ. ޔުނައިޓެޑް ފަސްވަނައަށް ވެއްޓުނީ ރޭ އާސެނަލް އަދި ސައުތްހެމްޕްޓަން ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކޮށް ހަތަރު ވަނައަށް އެރުމައި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.