ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠޮއްޔިބް އުރްދުޣާން. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
25 Oct 2023 | 20:16
އިޒްރާއިލުން އެހިންގަނީ އިންސާނިއްޔަތާއި ޚިލާފަށް ހިންގާ ބޮޑެތި ކުށްތައް: އުރްދުޣާން

އިޒްރާއިލުން މަސައްކަތް ކުރަމުންދަނީ އެބައިމީހުންގެ އަމިއްލަ ނަފްސުގެ ދިފާއުގައި ނޫން ކަމަށާއި، އިޒްރާއިލުން ހިންގަމުންދަނީ އިންސާނިއްޔަތާއި ޚިލާފަށް ހިންގާ ބޮޑެތި ކުށްތަކެއް ކަމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވިދާޅުވެއްޖެއެވެ.

އުރްދުޣާާން މިހެން ވިދާޅުވީ މިއަދު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އުރްދުޣާންގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ހަމާސްއަކީ ޓެރަރިސްޓު ޖަމާޢަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހަމާސްއަކީ ފަލަސްޠީނުގެ މިނިވަން ކަމާއި އެޤައުމުގެ ހައްޤުގައި ހަނގުރާމަ ކުރާ ޖަމާޢަތެއް ކަމަށް ވިދާޅުވެފައިވެއެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުރްދުޣާން ވިދާޅުވީ ފަލަސްޠީންނާއި އިޒްރާއިލާއި ދެމެދު ކުރިއަށްދާ ހަނގުރާމަ ވަަގުތުން ވަގުތައް ހުއްޓުވަން ޖެހޭ ކަމަށާއި، މެދުއިރު މަތީގައި އަމާންކަން ޤާއިމް ކޮށް އަމާން ކަން ދެމެހެއްޓުމަށް މުސްލިމް ޤައުމުތަކުން އެއްބައި ވަންތަ ވާން ޖެހޭކަމަށެވެ.

އުރްދުޣާން ވިދާޅުވީ މިހަނގުރަމާ ހުއްޓުވުމަށް ޓަަކއި ފަލަސްޠީނާއި އިޒްރާއިލް ހަނގުރާމައިގައި ހަތިޔާރު އުފުލަމުން ދާ ހުރިހާ ފަރާތްތަކަކުން ވެސް ޖެހޭނީ ހަތިޔާރު ބަހައްޓަން ކަމަށެވެ.

އުރްދުޣާން ވާހަކަ ފުޅުގައު ހުޅަނގުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

ޢުރްދުޣާން ވިދާޅުވީ ތުއްތު ކުދިން އެކުދިންގެ މައިންބަފައިންގެ ޝަހީދުވެފައިވާ ހަށިތަކުގައު ބައްދައިގެން ތިބެން ޖެހޭ ދުނިޔެެއެއްގައި އެއްވެސް މީހަކަަށް ހަމަޖެހިލައިގެން ނުނިދޭނެ ކަމަށާއި، އެފަދަ ދުނިޔެއެއް އެއްވެސް މީހަކަށް އަމާން ތަނަކަސް ނުވާނެ ކަމަށެވެ.

އުރްދުޣާންގެ ވާހަކަ ފުޅުގައި ވިދާޅުވީ މިހާރު އިޒްރާއިލުން އެގެންގުޅޭ އުސޫލުން ހުޅަނގުގެ ތާއީދު ނުވަތަ އެހެން ބައެއްގެ ތާއީދު އޮތް ކަމުގައިވިޔަސް އެބައިމީހުންނަށް އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށެވެ. އަދި އެމެރިކާވެސް މިކަމުގައި ވާނީ ފެއިލް ކަމުގަޔާއި އެމެރިކާއަށް އިންސާފު ގާއިމް ނުކޮށްދެވޭނެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

އުރްދުޣާން ވިދާޅުވީ ފަލަސްޠީނަށް އިންސާނިއްޔަތާއި ޚިލާފު ހަމަލާދިނުމަށް ހުޅަނގުން އިޒްރާއީލަށް އެކި އެކި ބަހަނާތައް ހޯދައިދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ޔޫކްރެއިންއަށް ރަޝިޔާއިން ހަމަލާދިނުމުން އެތަނުގެ ހާލަތާިއ މެދު ކަންބޮޑުވުން ފާޅު ކުރި ބަޔަކު މިއަދު ޣައްޒާގެ ޙާލަތު ބަލަން ވުމުން ލޯ މަރާލައިގެން އަނގަބަންދު ކޮށްގެން ތިބުމަކީ އެބައިމީހުންގެ މުނާފިޤުކަން އޭގެ އެންމެ މަތީ ދަރަޖައިގައި ވާކަން ދައްކުވައިދޭ ކަމެއް ކަމަށް އުރްދުޣާން ވަނީ ވިދާޅުވެފައެވެ.

އުރްދުޣާން ވަނީ އިޒްރާއިލް ފަލަސްޠީން މައްސަލައިގައި ޝާމިލްވާ ހުރިހާ ފަރާތްތަކަކުން ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ގޮވައިލައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.