މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
26 Oct 2023 | 14:57
މެންބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވައްދަން ދަތިވާ ކަމުގެ ޝަކުވާ؛ އެދުނީ ޕާކިންގ އަށް ހާއްސަ ގޮތްތަކެއް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކާރުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ދޮރުމައްޗާ ހަމައަށް ވެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭތީ މެންބަރުން ޝަކުވާ ކުރައްވައިފި އެވެ.

މަޖިލީހުގެ އާންމު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ ކަންކަން ބަލަހައްޓާ "މެމްބަ ސާވިސް އެންޑް ޕްރޮޓޮކޯލް"ގެ އިސްވެރިންނާ އެކު އެ މައްސަލަ ހައްލު ކުރެވޭނެ ގޮތް ތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. 

އެ ބައްދަލުވުމުގައި މަޖިލީހުގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް މުހައްމަދު ރަޝީދު ވަނީ މ މެމްބަރުންގެ ކާރުކޮޅު އެއާޕޯޓަށް ވެއްދެވުމުގައި ދަތިތައް ދިމާވާ ކަމުގެ ޝަކުވާ ލިބޭ ކަން ފާހަގަކުރައްވައި އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލް އާއި ފުލުހުންނާ އެކު ވެސް މަޝްވަރާކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން، ޕާކިންނަށް ހާއްސަ ގޮތްތަކެއް މެންބަރުންނަށް ހަމަޖެހިފައި އޮތުން މުހިންމު ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި އެއާޕޯޓުގެ ޕާކިން ސަރަހައްދުގައި ޕާކް ކުރެވޭނެ ކަހަލަ ހާއްސަ ސްޓިކާއެއް ހަމަޖައްސައިދީ، މެމްބަރުންގެ "ޕިކް-އަޕް އާއި ޑްރޮޕް-އޮފް" ވަގުތުގައި ކާރަށް ފަސޭހައިން ލައުންޖަށް އެކްސެސްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. 

"ހަމަ އެއާ އެކީގައި ޕާކިން ސެކިއުރިޓީއާ ނޫނީ ޕާކިންނަށް ހާއްސަ ގޮތްތަކެއް ވެސް އެ ބޭފުޅުންނަށް އެތަނުގައި ހަމަޖެހިފައި އޮތުން މުހިންމު ކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ މިސާލަކަށް އެހެން ބޭބޭފުޅުންގެ (މެމްބަރުން ނޫން ސަރުކާރުގެ އިސްވެރިންގެ) ކާރުތަކަށް އެކްސެސްއަށް ވަދެވޭ ފަސޭހައިން. (ނަމަވެސް) މެންބަރުން ވަޑައިގަންނަވާ ކަމުގައި ވަންޏާ އެ މެންބަރަށް އެއަށް ވުރެ ދަތިވާ ގޮތަށް ކަންތައްތައް އިންތިޒާމު ކުރެވިފައި އޮންނަނީ." ރަޝީދު ވިދާޅުވި އެވެ. 

ރަޝީދުގެ އެ ޚިޔާލަށް އާއްމު ކޮމެޓީގެ ބައެއް މެންބަރުން ވަނީ ތާއީދު ކޮށްފައެވެ. އެހެންކަމުން އެކަމާއި ގުޅޭ މައުލޫމާތު މަޖިލީހުގެ އިދާރާއިން އެމްއޭސީއެލް އާއި ފުލުހުންނާ ހިއްސާކުރުމަށް އިއްޔެ ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.