ރައީސް ޔާމީން ގެކޮޅުގައި ހުންނަވާ ޕީޕީއެމް އަދި ގައުމީ ދިދަ ވިހުރުވާލައްވަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
28 Oct 2023 | 16:38
ފަހުގެ ތާރީޚެއްގައި ވެރިއަކަށް ނުލިބޭ އަނިޔާ މި ސަރުކާރުން ރައީސް ޔާމިނަށް ދީފި: ޖަމީލް

މި ފަހުގެ ތާރީހުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިއަކަށް ނުލިބޭ އަނިޔާ އެމްޑީޕީގެ މި ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދީފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމަށް 12 އަހަރު ފުރިގެންދާއިރު، ޕާޓީގެ ރައީސްގެ މައްޗަށް ހުކުމެއްކޮށް އެމަނިކުފާނު ސިޔާސީ މއިދާނުން އެއްފަރާތްކޮށްފައި ހުންނަ ހުރުމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. 

"ޕީޕީއެމްގެ  12 ވަނައަހަރީ ދުވަސް ފާހަގަ ކުރާއިރު ޕާޓީގެ ރައީސް، ރައީސް ޔާމީން ނުޙައްގު ޙުކުމެއްގައި އަދިވެސް ހުންނެވީ ބަންދުގައި. މިއީ ދިވެހި ތާރީޚުގައި މިފަހުން ވެރިޔަކަށް ނުލިބޭވަރުގެ އަނިޔާ"

ޑރ މުހައްމަދު ޖަމީލު އަހުމަދު

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނަވާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރައްވާފައިވާއިރު، އަދިވެސް އެމަނިކުފާނުގެ އިސްތިއުނާފަށް ސަރުކާރުން ހުރަސްއަޅަމުންދާކަން ޑރ ޖަމީލް ފާހަގަކުރެއްވި އެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނުގެ އިސްތިއުނާފަށް ހުރަސްއެޅުމަކީ ރާއްޖޭގައި މިހާރު އޮތް އަދުލު އިންސާފުގެ ނިޒާމައި ދޭތެރޭގައި ގިނަ ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށެވެ. އަދި ލަސް ނިޔާއަކީ ނިޔާ ނުލިބުމާއި އެއްފަދަ ކަމެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"އެމަނިކުފާނުގެ އިސްތިއުނާފު ލަސްވުމަކީ އަދުލު އިންސާފުގެ ނިޒާމާ ދޭތެރޭ އެތަކެއް ސުވާލެއް އުފެދޭ ކަމެއް. ލަސް ނިޔާއަކީ ނިޔާ ނުލިބުންފަދަ ކަމެކެވެ"

ޑރ މުހައްމަދު ޖަމީލު އަހުމަދު

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލަ ނުނިންމާ ދިގުދަންމަމުންދާކަން ގާނޫނީ ވަކީލުން ދަނީ ފާހަގަކުރައްވަމުން ނެވެ. 

އެގޮތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިތާ 8 މަސް ވެގެންދާއިރު، އަދިވެސް މައްސަލަ ނިންމާފައެއް ނުވެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމުމަކާއި ހަމަޔަށް ގޮސްފައިވަނިކޮށް މިފަހުން މަޑުޖެހިގެން ދިޔައީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ދެބޭފުޅުން ޗުއްޓީއަށް ވަޑައިގަތުމާއި ގުޅިގެން ނެވެ. 

އެފަހުން ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް އަދި ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.