އިންތިޚާބީ ރައީސް ހުޅުމާލޭ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ/ ފޮޓޯ: އިންތިގާލީ ރައީސްގެ އޮފީސް
ހަބަރު
28 Oct 2023 | 20:47
ހުވާކުރާތާ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނަން: ޑރ މުއިއްޒު

ވެރިކަމަށް ހުވާކުރާތާ ފުރަތަމަ ދެތިން މަސްތެރޭ ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެކުލަވާލާފައިވާ ފުށިދިއްގަރުފަޅު ޕްލޭނަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ 65000 މީހުން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެ މަސައްކަތެއް ކަމަށާއި، ވެރިކަމަށް ހުވާކުރައްވާތާ ދެތިން މަސް ސުވަހުގެ ތެރޭގައި ފުށިދިއްގަރުފަޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"ފުށިދިއްގަރުފަޅުގެ ޕްރޮކެކްޓަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޕްރޮޖެކްޓު. އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި ދެންނެވީ އީއައިއޭ ނިންމާ، ޕްލޭން ހަދާ، ފަންޑު ހަމަޖައްސާ، ނޫނީ އެ ކުރަންޖެހޭ ހުރިހާ ކަމެއްކޮށް، ޑްރެޖަރު ގެނެސް، އަމަލީ ބިންހިއްކުން އިރާދަކުރެއްވިއްޔާ ފުރަތަމަ ދެތިން މަސްތެރޭ ފަށާނަން"

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ އެ ފަޅުން 1282 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެއީ ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށްވުރެ ތިން ގުނަ ބޮޑު ސަރަހައްދަކެވެ. 

އެ ބިން ހިއްކުމަށްފަހު ރިވެޓްމަންޓުޖަހާ ސޭފް އައިލެންޑެއްގެ ގޮތުގައި ރައްކާތެރިކުރެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެތަނުގައި ފައްޓަވާދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ވެސް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.