އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޕްރެންސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
29 Oct 2023 | 11:53
ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރިމް ކޯޓަށް!

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ސުޕްރިމް ކޯޓުގެ ލަފާ ހޯދަން ނިންމައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދަށް ތާވަލުކުރި ޖަލްސާގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވީ ނަމަވެސް، މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައި ނުގަނެވުމުގެ ސަބަބުން ވަނީ މާދަމާއަށް ތާވަލުކޮށްފަ އެވެ. 

އާލާސްކަންފުޅާއި އުޅުއްވާތީ މަޖިލީހުގެ ނައިބު ރައީސް ސަލާން ވިދާޅުވެފައިވާއިރު، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިއްޖެ ނަމަ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއް ހޯދަން ސުޕްރިމް ކޯޓަށް މައްސަލަ ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައިވާކަމަށް މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވަނީ ވިދާޅުވެފަ އެވެ. 

މިހާރު ސުޕްރިމްކޯޓަށް ދިއުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި، މެންދުރުކުރިން އެ މައްސަލަ ސުޕްރިމް ކޯޓަށް ހުށައެޅޭތީ މަސައްކަތްކުރައްވާކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ވަނީ ބުނެފައެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ތުހުމަތު ކުރާގޮތުގައި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރަމުންދަނީ މަޖިލީހުގެ ރައީސްއާއި ނައިބުރައީސްގެ ރޭވުމެއްގެ ތެރެއިންނެވެ.

މަޖިލީހުގެ ނައިބު ރައީސާ އާލާސްކަންފުޅެއްގައި އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނެވޭނެކަމަށް އަންގާ ސަލާން ފނުވާފައިވާއިރު އެ ކަމަނާއަށް ވަނީ ޑެންގޫ ހުން ޖެހިފައިކަމަށް ދަ ޑިމޮކްރެޓސްގެ ބައެއް މުއައްސިސުން ވަނީ ހާމަކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ އެ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމަށްފަހު އެންމެ އަވަހަށް އޮންނަ ބަންދު ނޫން ދުވަހެއްގައި ކުރިއަށް ގެންދަން ޖެހޭ މައްސަލައަކަށް ވާތީ މާދަމާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވެސް އެ މައްސަލަ އެޖެންޑާކޮށް، އެ ޖަލްސާގެ ރިޔާސަތު ބަލެހެއްޓުމަށް މަޖިލީހުގެ ނައިބު ރައީސަށް އަންގަވާނެކަމަށް އަމީންއާންމު ވިދާޅުވި އެވެ. 

ކޮމެންޓް
ރައްޔިތުންގެ އަޑު
ކުރިޔަށް އޮތް މަޖިލީހުގެ ދެނައިބުރައީސުން. ބާންފެނޭ އަހަރެމެންގެ ލާރިން ބޮޑު އުޖޫރަދީފަތިބޭ. ހަޔާތްކުޑަބައިގަޑެއް
29 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.