މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން--
ހަބަރު
29 Oct 2023 | 14:09
އެމްޑީޕީ މެންބަރުންގެ ފަރާތުން ފެނުނު ޢަމަލުތަކުގައި ޖިނާއީ ކުށެއް ވާނަމަ އެކަން ބަލަން ޑިމޮކްރެޓްސްއިން ގޮވާލައިފި!

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެކަން އެންގެވުމާއެކު، މަޖިލީހުގެ މެޖޯރިޓީ ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް ކަމަށްބުނެ، އެ ޢަމަލުތައް މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޑިމޮކްރެޓްސް އިން ކުށްވެރިކޮށްފި އެވެ. 

ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވީ ނަމަވެސް، މަޖިލީހުގެ ނާއިބު ރައީސާ، އީވާ އަބްދުالله ސަލާމުގައި ހުންނެވުމުން މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް އަމީން އާއްމު ފާތިމަތު ނިޔުޝާ ވަނީ އިއުލާން ކުރައްވާފައެވެ. 

އެއާއެކު އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖު ކުރައްވަން ވަނީ ފަށްޓަވާފައެވެ. އަދި އެ އިހްތިޖާޖުގެ ތެރެއިން މަޖިލީހުގެ އިދާރީ މޭޒުކޮޅުގެ ކުރިމައްޗަށް އައިސް، އަޑު ގަދަ ކުރައްވައި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓާ ސިސްޓަމް ވައްޓާލައި ފިލްޒާގެ މޯބައިލް ފޯނަށްވެސް ވަނީ ގެއްލުންދީފައެވެ.

މީގެ އިތުރުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ނިއުޝާ އާއި ފިލްޒާއާ ދިމާލަށް އަޑުގަދަކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފަ އެވެ. އަދި އިދާރީ މޭޒުގެ ކައިރީގައި ނުރުހުން ފާޅުކުރެއްވުމަށް ފަހު ޝަރީފް ވަނީ މަޖިލީހުގެ ރިޔާސަތަށް އަރާވަޑައިގެން ވެސް އަޑުގަދަކުރައްވާފަ އެވެ.

އެމްޑީޕީ މެންބަރުންގެ އެ ޢަމަލުތައް ކުށްވެރިކޮށް، ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލު ތަކަކީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއްގެ ގޮތުގައި ސިފަކޮށް އެފަދައިން ކަން ނުކުރުމަށް ގޮވާލާފައެވެ. އަދި އެ އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ނަމަ، އެކަންކަން ކަމާބެހޭ އެިދާރާ ތަކުން ބެލުމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފައެވެ. 

އެމްޑީޕީ މެންބަރުންގެ ފަރާތުން މިއަދު ފެށިގެން ދިޔަ ދަށުދަރަޖައިގެ ޢަމަލު ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ޕާޓީއަށް އަންނަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް
ގަންޖާ
ބަލަތިކުށެއްނޫ ދަޑިޕާޓީ މޮޔަނުވޭ ނިހާނު ކުޅުވެސްޖެހި ކުށެއްނޫ .
29 Oct 2023
މުހައްމަދު
ރަަަައްޔަތުންގެ ބަކަރިކޮަޝިިން ބަކަރި ތަކަށްކާންނުދީ މިއަދު ނެރުނީ އެހެންވެ ވީގޮތއް އެއީ އެހާވަރުގެ ކަމެނޫން
29 Oct 2023
ގުޅޭ ލިޔުންތައް
10 Jul 2026
އިނގިރޭސިވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގެ އެއްވަނާގައި މުޙައްމަދު
ފިރިހެން ކުދިންނަށް މުޙައްމަދު(Muhammad)ކީ އަދަދު 5957 އަށް އަރައެވެ. އެ ނަމުގެ އެހެން ސްޕެލިންތައް ވެސް މަޤުބޫލުވެފައިވާ އިރު މޮހައްމެޑް (Mohammed) 20 ވަނައިގައި 1712 ނަމާ އެކު އަދި މޮހައްމަދް (Mohammad) 50 ވަނައިގައި 895 ނަމާ އެކު އޮތެވެ. މީގެ އިތުރުން ނޯއާ 4075 ފަހަރު އަދި ލީއޯ 3278 ފަހަރު ބޭނުންކޮށްފައިވެއެވެ. ފިރިހެން ކުދިންގެ ގަދަ 10 ގައި ދެން ހިމެނެނީ ލޫކާ އާތާ އޮލިވާ ޖޯޖް އޮސްކާ ތީއޮޑޯ އަދި ފްރެޑީއެވެ.
10 Jul 2026
އިސްލާމީ ކުތުބުޚާނާ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން ޚާއްސަ ޙަރަކާތްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.
10 Jul 2026
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރަން: ފައިސަލް
"އެ ޝައުގުވެރިކަން އެބަ އޮތޭ, އެ އުންމީދު އެބަ އޮތޭ. އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ," ފައިސަލް ވިދާޅުވި އެވެ.
10 Jul 2026
މަރުގެ ޙުކުމް ތަންފީޒު ކުރަން މިހާރު ތާއީދެއް ނުކުރަން
އެމަނިކުފާނަކީ ކުރިން މަރުގެ ޙުކުމް ތަންފީޒު ކުރަން ތާއީދު ކުރެއްވި ބޭފުޅެއް ކަމަށާ ނަމަވެސް މިހާރު އެކަމަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
10 Jul 2026
ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިއްޖެ
ފުރަތަމަ ހަ މަހު ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބުނުއިރު ޚަރަދު 23.4 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
10 Jul 2026
ޑިސެންބަރުގައި އެނބުރި ބަންގްލަދޭޝްއަށް ދާނަން: ޝެއިޚް ހަސީނާ
ޝޭޚް ހަސީނާ ޑިސެމްބަރު ހާތާނގައި އަވާމީ ލީގުގެ ލީޑަރުންނާ އެކު ބަންގުލަދޭޝަށް ވަޑައިގެން ކޯޓަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ރޮއިޓާސް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެއްޖެއެވެ.
10 Jul 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
އެކި ސަރަހައްދުތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
10 Jul 2026
”އުނދަގޫކަމާ އެކު އަޅައަޅައިގަނެގެން ޤުރްއާން ކިޔަވާ މީހާއަށް ދެ ދަރުމަ ހުއްޓެވެ“
ޚުޠުބާގައި ބުނި ގޮތުގައި، ކީރިތި ޤުރްއާނަކީ އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތެވެ. އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ކިޔެވުމުގައި ދެމިހުންނަ މީހަކީ ގެއްލުމެއް ނުވާނޭ ފަދަ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެކެވެ. މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅަކުން މިކަން ސާބިތުކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ، اللهގެ ފޮތް ކިޔަވައި، ނަމާދު ޤާއިމުކޮށް، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުންނަކީ އުުއްމީދުކުރާ ފަދަ ކާމިޔާބު ވިޔަފާރިއެއްގެ އަހުލުވެރިން ކަމަށެވެ.