ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމުގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
ރިޕޯޓް
30 Oct 2023 | 11:09
ހައިވޭގެ ސީ ވިއު ގެއްލުވާލި ޕެނަލްތައް ނަގަން ވީ ވައުދާއެކު ގިނަ ބައެއްގެ ތައުރީފު!

މާލެ އާއި ހުޅުމާލެ ގުޅާލާފައިވާ ބްރިޖަކީ ހަމައެކަނި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ލުއިކފަސޭހަކަން ގެނެސްދިން ފާލަމެއް އެކަންޏެއް ނޫނެވެ. އެ ބްރިޖާއި އެއާއި ގުޅިފައިވާ ހައިވޭ އަކީ ދެ ޖިންސުގެ ޒުވާނުންނާއި، ރައްޓެހިންނާއި އަދި ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން ގޮވައިގެން ފިނި ބުރު ޖަހާލަން ނިކުންނަ މަންޒިލަކަށް ވެސް އޮތީ ވެފައެވެ. 

އެ ނޫން ނަމަވެސް، ބްރިޖުން ދަތުރުކުރާއިރު، ދެފަރާތުން ޖެހޭ ސާފު ވައިރޯޅިއާއި ފެންނަން އޮންނަ މޫދަކީ ބްރިޖުން ދަތުރުކުރާ މީހުންނަށް ލިބިދޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވަނީ ވެފައެވެ. ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު، ފެންނަ ހިތްގައިމު އިރުއޮއްސޭ މަންޒަރުތައް ބަލާލާ، ފޮޓޯ ނަގާ އެކަންކަމުން ހިތްހަމަޖެހުން ހޯދާ މީހުން ވެސް މަދެއް ނޫނެވެ. 

އެހެން ނަމަވެސް މި ސަރުކާރުގެ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއު ހައިވޭގައި ކުރިއަށް ގެންދަން ފެށުމާއެކު، އެ މަޝްރޫއު ބްރިޖުގެ ހިތްގައިމު ސީ ވިއު އާއި ރައްޔިތުންގެ ހިތްހަމަޖެހުމާއި ދެމެދަށް އެޅުނު ހުރަހަކަށް އެ މަޝްރޫއު ވެގެންދިޔަ އެވެ. އެ މަޝްރޫއުގެ ތެރެއިން ހައިވޭގެ އެއްކޮޅުން އަނެއްކޮޅަށް ދެފަރާތުގައި ދަނގަޑުތައް ޖަހައި ސޯލާ ޕެނަލްތައް ހަރުކުރަން ފެށުމާއި އެކުވެސް ރައްޔިތުންގެ ނުރުހުން އެ މަޝްރޫއަށް އަމާޒުވެގެން ދިޔައެވެ. 

އެއީ އެ ފަދަ މަޝްރޫއެއް ހިންގުމަށް އެންމެ އެކަށިގެންވާ ތަން ނޫން ކަމަށާއި، އެގޮތަށް އެ މަޝްރޫއު ހިންގުމަކީ ސިނަމާލެ ބްރިޖާއި، ހައިވޭގެ ރީތިކަން ގެއްލިގެންދާނެކަމެއްކަމަށް ބުނެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ. 

އެހެން ނަމަވެސް ސަރުކާރުން އެ ޝަކުވާއަކަށް ބީރުކަންފަތެއް ދީ ކޮޅާ ކޮޅު ނުފެންނަ ވަރަށް ދެ ފަރާތުގައި ދަގަނޑު ހޮޅިތައް އަތުރާ ޕެނަލްތައް ހަރުކުރިއެވެ. 

މިއަދު ބްރިޖުމަތިން ދަތުރުކުރާއިރު، ހީވަނީ ދަގަނޑު ކޮއްޓެއްގެ ތެރެއިން ދެވޭހެންނެވެ. ބްރިޖުގެ ހިތްގައިމު މަންޒަރު އެވަނީ މުޅިންހެން ގެއްލިފައެވެ. އިންތިޚާބީ ރައީސް ވިދާޅުވިހެން މިއަދު ބްރިޖުން ދުއްވާލާފައި ގޮސް ހައިވޭ ހުރަސްކުރާއިރު އިހުސާސްކުރެވެނީ "ހާސްކަމާއި ނުތަނަވަސް" ކަމެވެ. 

ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރަނީ

އެހެން ނަމަވެސް ވެރިކަމަށް ހުވާކުރެއްވުމަށްފަހު އެ މަޝްރޫއު އެހެން ދިމާލަކަށް ބަދަލުކުރައްވާނެކަމަށް ޑރ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. 

ޕެނަލްތައް ހައިވޭއިން ނަގައި ކޮންމެވެސް އެހެން ރަށަކަށް ބަދަލުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، އެ ވައުދަށް އާންމު ރައްޔިތުން ދަނީ ތައުރީފުކުރަމުން ނެވެ.

ޑރ މުއިއްޒުގެ އެ ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު އިއްތިފާގުވާ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެއީ ދުނިޔޭގެ ފެންވަރުގެ ރީތި ހައިވޭއެއްގެ ގޮތުގައި ހަދާފައިވާ އެ ހައިވޭގެ ހިތްގައިމުކަން ގެއްލޭގޮތަށް ޖަހާފައިވާ ދަގަނޑު ހޮޅިތައް އެތަނުން ނަގަން ޖެހެއެވެ. ހައިވޭގެ ރީތި މަންޒަރު ނުފެންނާނެހެން ބައްދާލާފައި އޮތް އޮތުން ބަދަލުކޮށް، ހައިވޭއަކީ އިހު އޮތް ހުޅުވާލެވިފައިވާ ތަނެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ. 

ޑރ މުއިއްޒު ހުޅުމާލޭގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަނީ

ޑރ މުއިއްޒުގެ އެ ވައުދާއި ގުޅޭގޮތުން ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނީ އެއީ ވަރަށް ހިކުމަތްތެރި ނިންމުމެއް ކަމަށެވެ. މިހާރު އެ މަޝްރޫއު ކުރިއަށް ދާ ގޮތުން ރައްޔިތުންގެ ކަރަންޓު ބިލުތަކަށް ވެސް އެއްވެސް ލުޔެއް ނުލިބޭއިރު، ބްރިޖުން ދަތުރުކުރާ މީހުންނަށް ނުތަނަވަސްކަން ނޫން ކަމެއް އެ މަޝްރޫއިން ނުލިބޭކަން ބައެއް މީހުން ފާހަގަކުރި އެވެ. 

އޭގެ އިތުރުން އެ މަޝްރޫއު އެހެން ރަށަކަށް ބަދަލުކުރުމަކީ އިގްތިޞާދީ ގޮތުން ފައިދާ ލިބި ބްރިޖު ބޭނުން ކުރާ މީހުންނަށް ވެސް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއްކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. 

ހައިވޭގައި ޖަހާފައިވާ ޕެނަލްތައް ބަދަލުކުރެއްވުމަށް ޑރ މުއިއްޒު ނިންމެވި ނިންމެވުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ކަމުދިޔަ ނިންމުމަކަށެވެ. އަދި ގިނަ ބަޔަކަށް ހިތްހަމަޖެހުން ގެނުވި ނިންމުމަކަށެވެ. އެ މަސައްކަތް ފެށި އިހުނެކޭ އެއްގޮތަށް ދަގަނޑުތަކުގެ ކަސްތޮޅުން ހައިވޭ މިނިވަން ވެގެން ދިއުމާއެކު ރައްޔިތުންނަށް އަދި މާ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭނެކަން މިހާރު ގިނަ ބަޔަކު ފާޅުކުރަމުންދާ ޝުއޫރުތަކުން ހާމަކޮށްދެއެވެ. 

ކޮމެންޓް
ބަޗީ
ހަގީގަތުގައިވެސް ވަރަށް ރަނގަޅު ނިންމުމެއް. ކުރިން ހިލޭ ލިބެމުންދިޔަ ނަފްސާނީ ދުޅަހެޔޮކަން، ގިލަންވެރިކަމަކަށް ބަދަލުކުރަން ކޮށްފައިވާ މަސައްކަތަކަށް ނިމުމެއް ގެނައުން ފަދަ އުފާވެރިކަމެއް އަޅުގަނޑަށް ސިފަވަނީ.
30 Oct 2023
ޢަައި
ދެން އެ ޕެނަލްތަކާ ދަގަނޑުތައް ނެއްޓުމާ އެތަކެތި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ދާނެ ޚަަރަދުގެ ވާހަކަ ވެސް މި ހަބަރުގަ ޖަހާލި ނަމަ އެންނު. ވަރަށް ބޮޑަށް އެއްކޮޅަށް ބުރަވެ ހުރެ ލިޔެފައިވާ ލިޔުން ކޮޅެއް.
31 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.