އިންތިޚާބީ ރައީ ޑރ މުއިއްޒު މަސީގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: އިންތިގާލީ ރައީސްގެ އޮފީސް
ހަބަރު
30 Oct 2023 | 11:19
އިޤްތިޞާދު ކޮޅަށްޖެހުމަށް އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމަން ޖެހޭ: ޑރ މުއިއްޒު

ދިވެހިރާއްޖޭގެ އިޤްތިޞާދު މިހާރު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ދިވެހިރާއްޖޭގެ މައި އެއާޕޯޓު "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު" ގެ ކެޕޭސިޓީ އިތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަޝާފައިވާ ބިޔަ މަޝްރޫއު ވީ އެންމެ އަވަހަކަށް ނިންމަން ޖެހޭކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެމަނިކުފާނު ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރޭގައި ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް އޮތް އަހަރުގައި ވެސް ނިންމުމަށް ޕްލޭން ކުރެވިފައި ނުވާކަމަށެވެ.

އެހެން ނަމަވެސް، އެ މަޝްރޫއު އަހަރެއް ދެ އަހަރަކަށް ދިގުދަންމާލުމަކީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ނާޒުކު ފައްތަރަށް ބަލައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މަޝްރޫއު ވީ އެންމެ އަހަކަށް ނިންމުން މުހިންމުކަމުގައި ދެކިވަޑައިގަންނަވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ މިކަން އަވަސްކުރަން. އެންމެ ލަސްވެގެން މި އަންނަ އަހަރުގެ ސެޕްޓެމްވަރަށް، އެއީ މިހާރު އޮތް ޝެޑިއުލަށްވުރެ 8 މަސް ދުވަހުގެ އަވަސްކުރުމެއް ނިންމުން އެއީ އަޅުގަނޑުގެ އަމާޒަކީ"

އިންތިޚާބީ ރައީސް ޑރ މުއިއްޒު 

ޑރ މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށް އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. 

ރައީސް ޔާމިނުގެ ޒައާމަތުގައި ފެއްޓެވި އެއާޕޯޓު އެކްސްޕެންޝަން ޕްރޮޖެކްޓަކީ އެއާޕޯޓުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުކޮށް، ތަފާތު ޚިދުމަތްތަކެއް ދެވޭނެގޮތަށް އެއާޕޯޓުގެ ގާބިލްކަން އިތުރުކުރުމަށް ފެށި މަޝްރޫއެކެވެ. 

އެގޮތުން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ނިމޭއިރު އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭވަރަށް ކެޕޭސިޓީ އިތުރުކުރެވިގެންދާނެ އެވެ. އަދި ހަމަ އެއާއެކު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ރާއްޖެއިން ބޭރަށް ފޮނުވާނެ މުދާ ބަހައްޓާނެ ބޮޑު ގިމަތައެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައި ހުންނާނެ އެވެ. 

އެހެންކަމުން، އެ އެއާޕޯޓު މަޝްރޫއު އަވަހަށް ނިންމާލުމަކީ އިޤްތިޞާދީ މަސައްކަތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެއާޕޯޓު މަޝްރޫއު މުޅިން ނިންމާލެވިދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.