ރައީސް ޔާމީން ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ޕީޕީއެމް
ހަބަރު
30 Oct 2023 | 11:51
ރައީސް ޔާމީން ޕާޓީ އޮފީހަށް، ދެއްވީ އުންމީދީ މެސެޖުތަކެއް!

އާންމުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާ ގޮތަށް، ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ދިން ލިޔާއެކު ފުރަތަމަ ފަހަރަށް އެމަނިކުފާނު ޕީޕީއެމް އޮފީހަށް ވަޑައިގެން އާންމު މެމްބަރުންނާއި ބައްދަލުކުރައްވައިފި އެވެ. 

އާދިއްތަ ދުވަހުގެރޭ ޕީޕީއެމް އޮފީހަށް ވަޑައިގެން އާންމު ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ވަރަށް ގިނަ ވަގުތު މެމްބަރުންނާއި އެކު ހޭދަކުރައްވާފަ އެވެ. އަދި ޕާޓީގެ މުސްތަގުބަލާއި ގުޅޭ މުހިންމު ވާހަކަތަކެއް ވެސް އެމަނިކުފާނު ވަނީ އެ މެމްބަރުންނާއި ހިއްސާކުރައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތައް އެމަނިކުފާނުގެ އަރިހުގައި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވަނީ ހިއްސާކުރައްވާފަ އެވެ. 

ރައީސް ޔާމީން ޕީޕީއެމްގެ އާންމު މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެ ބައްދަލުވުމަށްފަހު ޑރ ޖަމީލު ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަމާޒަކަށް ވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ އެ ފިކުރު ވިއްކުންކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް ޕީއެންސީއަކީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށާއި، ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމު ފުރަން ނުޖެހޭނެކަމަށް ރައީސް ޔާމިން ވިދާޅުވެފައިވާކަމަށް ޑރ ޖަމީލުގެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

" ޕީޕީއެމަކީ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ. ޕާޓީގެ އަމާޒަކަށްވާންވާނީ ޒުވާން ޖީލަށް ޕާޓީގެ ސިޔާސަތު ކިޔައިދީ މި ފިކުރު ވިއްކުން. ޕާޓީގެ އެއްވެސް މެމްބަރަކު އެހެން ޕާޓީއަކަށް ނުވަތަ ޕީއެންސީއަށް ފޯމުފުރަން ނުޖެހޭ. އެއީ އެއްފިކުރެއްގެ ދެ ޕާޓީ"

ރައީސް ޔާމިން ވިދާޅުވިކަމަށް ޑރ ޖަމީލްގެ ޕޯސްޓުގައި އޮތް އިބާރާތް

ޑރ ޖަމީލު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް ކާމިޔާބުކުރުމަށް ޕީޕީއެމުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ރައީސް ޔާމިނު އެ ޖަލްސާގައި ވިދާޅުވެފައިވާ ކަމަށެވެ. 

އޭގެ އިތުރުން ވެސް ޕާޓީގެ މުސްތަގުބަލާއި ދޭތެރޭގައި އުންމީދީ ވާހަކަފުޅުތަކެއް ރައީސް ޔާމީން ހިއްސާކުރައްވާފައިވާ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ރައީސް ޔާމީން އާންމު މެމްބަރުންނާއި ބައްދަލުކުރެއްވުން

އާންމުންނާއި ބައްދަލުކުރެވޭ ގޮތަށް ރައީސް ޔާމިނުގެ މައްޗަށް އިއްވާފައިވާ ހުކުމަށް ލުއި ދީފައިވާއިރު، އެ ލުޔާއެކު އެމަނިކުފާނަށް ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ލިބިގެން ގޮސްފައެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ އަދި މާލައި ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ ނުނިމި ދިގުލައިގެންދާތީ ސަޕޯޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ނަމަވެސް، އެމަނިކުފާނަށް މިހާރު ލިބިފައިވާ ލުޔާއެކު އާންމުންނާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ސަޕޯޓަރުން ގެންދަނީ ޝުއޫރު ފާޅުކުރަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.