ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ވޮއިސް
ހަބަރު
31 Oct 2023 | 09:35
"އަޅުގަނޑު ޖަލުގައި ހޭދަކުރި ހިތްދަތިކަން އިހްސާސް ކުރެވެޔޭ ނުބުނުން އެދެން؛ އެ އިހްސާސެއް ނުކުރެވޭނެ"

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވިއިރު ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަމާއި، އޭރު އެމަނިކުފާނަށް ކުރެވުނު އިހްސާސްތައް އެހެން ބޭފުޅުންނަށްވެސް ކުރެވޭ ކަމަށް އެމަނިކުފާނު އިންނެވި ތަނެއްގައި ވިދާޅުނުވުމަށް އެދިވަޑައިގެންފިއެވެ. 

ރައީސް ޔާމީން މިފަދައިން އެދިލެއްވީ، އާރަށް މައްސަލަ އާއި ގުޅިގެން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައި އެތަކެއް މަސް ދުވަހު ހުންނެވުމަށްފަހު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެދިލެއްވުމަށް ގޭބަންދަށް ބަދަލު ކުރެއްވުމަށްފަހު، ގޭ ބަންދު ރަށު ބަންދަށް ބަދަލު ކުރެއްވުމާއިއެކު ބޭއްވުނު ފުރަތަމަ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް ފަރާތްތަކުން ވަނީ ޔާމީން ޖަލުގައި ތަހަންމަލް ކުރެއްވި ކަންކަން އެންމެ ބޮޑަށް އިހްސާސް ކުރެވޭނީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަށް ކަމަށް ވިދާޅުވެ، އެ އިހްސާސް ޖަމީލްއަށްވެސް އަދި އެމަނިކުފާނުގެ އަރިހުގައި ތިއްްބެވި އެހެން ބައެއް ބޭފުޅުންނަށްވެސް ކުރެވޭ ކަން ދޭހަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އެވާހަކަތަކަށް އިޝާރާތް ކުރައްވައި ޔާމީންގެ ވާހަކަފުޅު ފަށްޓަވަމުން އެމަނިކުފާނު ވަނީ، އެއްވެސް ސިޔާސީ ލީޑަރަކު އެމަނިކުފާނު ޖަލުގައި ތަހައްމަލް ކުރެއްވި ކަންކަން އިހްސާސް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި އެއްވެސް ބޭފުޅެއް އެފަދައިން ވިދާޅު ނުވުމަށްވެސް ވަނީ އެދިވަޑައިގެންފަ އެވެ. 

އެއްވެސް ސިޔާސީ ލީޑަރަކު އަޅުގަނޑު ޖަލުގައި ތަހަންމަލްކުރި ތަހަންމަލް ކުރުމެއް އިހްސާސެއް ނުކުރައްވާނެ. ތަޖުރިބާއެއް ނުކުރައްވާ. އެހެންވީމާ އަޅުގަނޑު އެދެން އަޅުގަނޑު އިންނަ ޖަލްސާއެއްގައި އެއްވެސް ބޭފުޅެއް ވިދާޅުނުވަން، ރައީސް ޔާމިން ތި ތަހައްމަލް ކުރެއްވި ހިތްދަތިކަން ތިމަންނަ މެންނަށް އިހްސާސް ވެޔޭ. ނޫން. ނުވާނެ. އެ ހިތްދަތިކަން އެއްވެސް ބޭފުޅަކަށް އިހްސާސް ނުވާނެ. އެހެންވީމާ އެއް ގޮތަކަށް ވެސް (އެ އިހްސާސް ވާނެ ކަން) ގަބޫލު ނުކުރައްވާ. އަޅުގަނޑު ހަމަ އެދެން. އަޅުގަނޑު އިންނަ ޖަލްސާއެއްގައި އަޅުގަނޑުގެ ހިތްދަތިކަން އިހްސާސް ކުރި އިހްސާސްކުރުން، ތިޔަ ބޭފުޅުންނަށް ކޮންމެސް ވަރަކަށް ވާކަމަށް ވިދާޅުވުމަކީ ރަނގަޅު ވާހަކަ އަކަށް ނުވާނެ. 

ރައީސް ޔާމީން އަބްދުލްގައްޔޫމް 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ތަހައްމަލް ކުރެއްވި ހިތްދަތިކަން އިހްސާސް ކުރެވޭ ކަމަށް ބުނުމުގެ ބަދަލުގައި އެ ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމަކީ ބަލައިގަންނަވާނެ ކަމެއް ކަމަށެވެ. ކަމެއް އިހްސާސް ކުރުމާއި، އެ ކަމެއް ތަހަންމަލް ކުރަމުންދާ މީހެއްގެ ހިތްދަތިކަމުގައި ބައިވެރި ވުމަކީ ވަރަށް ތަފާތު ދެކަންތައް ކަމަށް ޔާމީން ވިދާޅުވި އެވެ. 

މިއާއެކު އެމަނިކުފާނު ވަނީ، މީގެ ކުރިން ބައެއް ސިޔާސީންނަށް ކުޑަ ދުވަސްކޮޅެއް ވަންދެންވެސް ޖަލުގައި ނުތިއްބެވި، ބޭރު ގައުމަށް ފުރައިގެން ގޮސްފައިވާކަމަށް ފާހަގަކުރެއްވާފައެވެ. އަދި އޭރު އެކަންކަން ވީ އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިހްސާންތެރިކަމުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އަދި އެބޭފުޅުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކޯޓުން ކޮށްފައިވާ ހުކުމުގެ ކުރު މުއްދަތެއްވެސް ތަންފީޒު ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް
ޢަލީމް
ރައީސް މައުމޫން މުސްކުޅިފުޅު އުމުރުގައި އޭނަ ޖަލަށްލާފައި ބޭއްވި އިރު އޭނައަށް ކުރެވޭނެ އިހުސާސް ތިއޮތީ ވެފައެއްނު މިކޮމެންޓް ނުޖަހާނެ މިނޫސްވެރިން
03 Nov 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.