މަތިވެރި-- ފޮޓޯ/އިންޓަނެޓް
ހަބަރު
31 Oct 2023 | 14:50
މަތިވެރި އަށް އިޒްރޭލުގެ ޓޫރިސްޓުންނަށް ނޭރޭނެ ގޮތް ހަދައިދޭން ކައުންސިލުން ގޮވާލައިފި

ފަލަސްޠީނުގެ މުސްލިމުންގެ އަތުން ގަދަކަމުން ބިންތައް ފޭރިގަނެގެން އެތަނުގައި ވަޒަންވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީ ފަތުރުވެރިންނަށް އއ މަތިވެރިއަށް ނޭރޭގޮތް ހެދުމަށް އެ ރަށު ކައުންސިލުން ކަމާބެހޭ ހުރިހާ އިދާރާއަކަށް ގޮވާލައިފި އެވެ. 

މިކަމަށް ގޮވާލައި މަތިވެރި ކައުންސިލަރުން ސޮއި ކުރައްވައި ނެރުއްވި ގަރާރުގައި ބުނީ، ބައިތުލްމަގުދިސް އާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ، ބޯހިޔާވަހިކަން ފޯރުކޮށްދިން ފަލަސްތީނުގެ މީހުންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ.

އަދި އިޒްރޭލުން ފަލަސްތީނުގެ މީހުން ގޯތި ގެދޮރުން ނެރެ، ބިންތައް ފޭރިގަނެ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް އަދި އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދީ، ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި ފެނާއި ކަރަންޓު ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކުން ފަލަސްތީނު މީހުން މަހުރޫމުކޮށް، އާއިލާތައް ނިދާފައި ތިއްބައި ޝަހީދުކުރަމުންދާ ކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މަތިވެރި ކައުންސިލުގެ އެ ގަރާރުގައި ބުނީ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކަކީ ޒަޔަނިސްޓް ޔަހުދީން ފަލަސްތީން އިސްއުމާރުކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ އިންސާނީ ހުރުމަތާ ހިލާފު ޖަރީމާއެއް ކަމަށެވެ.

އަދުމުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ، މުސްލިމުންނާ މެދު މިފަދަ ލާއިންސާނީ އަނިޔާތަކެއް ހިންގާ ބަޔަކަށް މަތިވެރީގެ ވެށިން އަމާންކަމާއި ހިމާޔަތް ދިނުމަށް އެ ރަށުގެ އެއްވެސް މީހަކު ނޭދޭ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

އެހެންކަމުން އެކައުންސިލުން ވަނީ، މަތިވެރި އަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން އިޒްރޭލު ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެންދިއުމަށާއި ޓޫރިސްޓުންގެ ގޮތުގައި އާއި އެހެންވެސް ބޭނުމަކު ރާއްޖެ އަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.