ކޮތަރުކޮށި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Nov 2023 | 13:25
ރައީސް ޔާމީން ހިޔާ ސަރަހައްދަށް ވަޑައިގަންނަވަނީ!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ބޮޑުބައެއް ހިއްކަވާ އަޅުއްވާދެއްވި ހިޔާ ފްލެޓުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމަށް ރައީސް ޔާމީން ނިންމަވައިފި އެވެ. 

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް 3 ނޮވެމްބަރުވާ ހުކުރު ދުވަހުގެރޭ ހިޔާ ސަރަހައްދުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރައީސް ޔާމިނުގެ މައްޗަށް އާރަށު މުއާމަލާތާއި ގުޅުވާ ކޮށްފައިވާ ހުކުމަށް ދިން ލުޔާއެކު އެމަނިކުފާނު ގެންދަަވަނީ ސަޕޯޓަރުންނާއި ބައްދަލުކުރައްވަމުން ނެވެ. 

އެ ލުއި އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ރައީސް ޔާމީން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ގުޅުއްވާ ކުރެއްވި އިލްތިމާސްތަކަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ. އެ ލުއާއެކު މާލެ ސަރަހައްދުގައި ހިމެނޭ މާލެ ހުޅުމާލެ ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެވެ.

އެގޮތުން އެމަނިކުފާނަށް ލިބިލެއްވި ލުޔާއެކު މީގެ ދެ ރޭ ކުރިން ޕީޕީއެމް އޮފީހުގައި ޕީޕީއެމް ޖަގަހަ ޖަލްސާއެއް ބާއްވާފައިވާއިރު، ރައީސް ޔާމީން ވަނީ އެ ޖަލްސާގައި ވާހަކަފުޅުވެސް ދައްކަވާފައެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް މަސައްކަތްޕުޅު ކުރެއްވި އަދި އެމަނިކުފާނުގެ ހައްގުގައި އަޑުއުފުއްލެވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

ގަވައިދާއި ޚިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި ގެއްލިފައިވާ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ޚާއްސަ އިސްކަމެއް ދީގެން ކުރައްވަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވަނީ ޑރ މުއިއްޒުގެ ސަރުކާރު ފެއިލްވިޔަ ނުދެއްވާ، ނަތީޖާތައް ހާސިލްކޮށްދިނުމުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.