ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ/އިންތިހާބީ ރައީސްގެ އޮފީސް
ހަބަރު
01 Nov 2023 | 16:42
މުއިއްޒު އެދިވަޑައިގެންނެވީ ޕީޕީއެމުން މެންބަރުން ވަކިނުކޮށް، ޕީއެންސީ އަށް މެންބަރުން އިތުރު ކޮށްދޭން

ޕީއެންސީގެ މެންބަރުން އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ޕީޕީއެމްގެ މެންބަރުން އެޕާޓީން ވަކިނުކުރަން ސަމާލުވާން ޕީއެންސީގެ އާ ރައީސް އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުޢިއްޒު މިފަދައިން އެދި ލައްވާފައި ވަނީ، ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ލީޑަރ ޔާމީން އަބްދުލްގައްޔޫމް ރަށު ބަންދަށް ބަދަލު ކުރުމަށްފަހު އެންމެ ފުރަތަމަ ޕީޕީއެމް މެންބަރުންނާ އެކު ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް މެންބަރުން ޕީއެންސީއާ ގުޅެން ނުޖެހޭ ކަމަށް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ. 

އެގޮތުން، ޔާމީންގެ އެ ވާހަކަ ރިޕޯޓް ކޮށްފައިވާ ޚަބަރު ޕީޕީއެމް/ޕީއެންސީގެ ސެނެޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މެންބަރަކު ހިއްސާ ކުރެއްވުމުން، އެ އަށް ރައްދު ދެއްވައި މުއިއްޒު އެ ގުރޫޕްގައި ވިދާޅުވީ، އެމަނިކުފާނުގެ އެދިލެއްވުމަކީ ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކުރުން ކަމަށެވެ. އެހެންނަމަވެސް، އެކަމުގެ ތެރެއިން ޕީޕީއެމް މެންބަރުން އެޕާޓީން ވަކި ނުވުމަށް އެމަނިކުފާނު ވަނީ އެދިލައްވާފައެވެ. 

"އަދި ކުރިން ވެސް ދެންނެވި ފަދައިން މި ކަމުގައި އެއްވެސް މެމްބަރަކު ޕީޕީއެމުން ވަކިނުކުރެއްވުމަށް ވަރަށް ސަމާލުކަން ދެއްވުން އެދެން،" މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ އެ ގުރޫޕުގައި ރައީސް ޔާމީން ވެސް އިންނަވާއިރު އެމަނިކުފާނު އެ މައްސަލާގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 38،704 މެމްބަރުންނެވެ. އެ މުއްދަތާ ހަމައަށް ޕީއެންސީގައި ތިބީ 3،159 މެމްބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.