ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: ޕީއެސްއެމް
ހަބަރު
01 Nov 2023 | 22:55
މި ސަރުކާރުން އެޅި ފްލެޓުތައް ވަކި ބަޔަކަށް ބަހާލަން އުޅޭ މައްސަލަ އޭސީސީއަށް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ތަރައްގީކުރި 4000 ހައުސިން ޔުނިޓު އެއްވެސް އުސޫލެއް ނެތި ވަކިބަޔަކަށް ބަހާލަން އުޅޭކަމަށް ބުނެ އެ މައްސަލަ ބަލާދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށައަޅައިފި އެވެ. 

އެ މައްސަލަ ހުށައަޅާފައިވަނީ ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް ވަކާލާތު ކުރަމުން އަން އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާގެ ރައީސް މިދުއަމް ސައުދެވެ. 

އެ މައްސަލަ ބަލައިިދިނުމަށް އެދި އޭސީސީއަށް އޭނާ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ މި ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް (13000 މީހުންނަށް) ރައީސް ޞާލިހުގެ ސަރުކާރުން ވަނީ ފްލެތު ލިބޭނެކަން އަންގާފައި ކަމަށެވެ. 

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ގެދޮރުވެރިޔާ މަޝްރޫއަށް ޝަރުތު ހަމަވާ 13000އަށްވުރެ ގިނަ މީހުންނަށް ފްލެޓު ދޭނެކަމަށް ސަރުކާރުން ބުނި ނަމަވެސް މިހާތަނަށް އަޅަން ހަވާލުކުރެވިފައިވަނީ 4000 ފްލެޓުކަން މިދުއަމް ފާހަގަކޮށްފައިވެއެވެ. އެހެންކަމުން 10000 މީހުންނަށް ދޭނެ ފްލެޓު އެޅުމުގެ އެއްވެސް އަމަލީ މަސައްކަތެއް އަދި އެ މަޝްރޫއުގެ ފައިނޭންސް ވެސް ހަމަޖެހިފައި ނުވާކަމަށް އޭނާގެ މައްސަލައިގައި ބުނެފައި ވެއެވެ. 

އެހެން އެކަން އޮތްއިރު، މިހާރު އަޅަން ފަށާފައިވާ 4000 ފްލެޓު، ގެދޮރުވެރިޔާ ސްކީމަށް ހުށައެޅި މީހުންގެ ތެރެއިން ވަކި ލިސްޓެއް ކަނޑައަޅައި، އެ ލިސްޓުގައި ތިބި ފަރާތްތަކަށް ދިނުމަށް ތައްޔާރުވަމުން އަންނަކަމށް މިދުއަމް ވަނީ ބުނެފައެވެ. 

އޭނާގެ މައްސަލައިގައި ބުނެފައިވަނީ ޝަރުތުހަމަވާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ފްލެޓު ލިބޭނެ 4000 މީހުން ކަނޑައެޅުމުގެ އެންމެ އިންސާފުވެރިގޮތަކީ ރާއްޖޭގއި އަބަދުވެސް ކަންކުރަމުންދާ ގޮތަށް ޕޮއިންޓުތަކަށް ބަލައި، ޕޮއިންޓު ތަރުތީބަށް އިސްކަން ދީގެން ފްލެޓު ހަވާލުކުރުން ކަމަށެވެ. 

އެހެން ނަމަވެސް، މި ސަރުކާރުން ފްލެޓު ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓު އަދި ލިބުނު ޕޮއިންޓު އާންމުކޮށްފައި ނުވާކަން އޭސީސީއަށް ހުށައެޅި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. އަދި ހަމައެއާއެކު ފްލެޓު ހަވާލުކުރާނީ ދިރިއުޅުމުގެ ހާލަތަށް ބަލާފައިކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް، ފެލްޓު ލިބޭނެކަމަށް ކަނޑައެޅި އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވެސް ނުވާކަން އެ މައްސަލައިގައި ވަނީ ބަޔާންކޮށްފަ އެވެ. 

އަދި ހަމައެއާއެކު ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލި މީހުންގެ ތެރެއިން 13000އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާއިރު، 4000 މީހުންނަށް ފްލެޓުދޭން ކަނޑައެޅި އުސޫލެއްވެސް ހާމަކޮށްފައި ނުވާކަން އޭނާ ފާހަގަކޮށްފައި ވެއެވެ. 

އެކަންކަން ފާހަގަކޮށް އޭނާ ވަނީ ގެދޮރުވެރިޔާ ސްކީމަށް 13000 އަށް ވުރެ ގިނަ މީހުން ޝަރުތުހަމަވާއިރު، އެ މަޝްރޫއުގެ ތެރެއިން އަމަލީ މަސައްކަތް ފަށާފައިވާ 4000 ފެލްޓު ދޭނެ މީހުން ސަރުކާރުން އާންމު ނުކުރާ ސިއްރު އުސޫލެއްގެ ތެރެއިން އާންމުކޮށް އެކަން ކުރާ އުސޫލުތަކާއި ޚިލާފަށް ޝަރުތުހަމަވާ އެންމެންގެ ހާލަތު ބަލާ ނުނިންމާ އިންތިގާލީ މަރުހަލާގެ ފަހު ދުވަސްކޮޅު އިންސާފުވެރިކޮށް ކަނޑައެޅޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

އަދި މި ގޮތަށް ފެލްޓުތަށް ބަހާލުމަކީ އެ މައްސަލަތައް ބަލާ ހައްލުކުރުމުގައި އަންނަން އޮތް ސަރުކާރަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމެއްކަން މިދުއަމްގެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ. 

އެހެންކަމުން އުސޫލުތަކާއި ޚިލާފަށް ފްލެޓުތައް ބަހާލުމަކީ 13000 އަށްވުރެ ގިނަ މީހުންގެ ހައްގުތަކަށް އަރައިގަތުންކަމަށް ވާތީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައިދިނުމަށް ވަނީ ހުށައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.