ެއެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން/ ފޮޓޯ: އޭސީސީ
ހަބަރު
02 Nov 2023 | 12:27
ބައެއް މަޝްރޫއުތައް ހުއްޓާލަން އަންގަނީ އިޔާދަނުކުރެވޭ ގެއްލުންތަކެއް ލިބިދާނެތީ: އޭސީސީ

އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު މި ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތައް ހުއްޓާލަން އަންގަނީ އެ މަޝްރޫއުތައް ކުރިއަށް ގެންދާނަމަ ދައުލަތާއި ރައްޔިތުންނަށް އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިދާނެކަމުގެ އިހުތިމާލު އޮތުމުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފަ އެވެ. 

އިންތިގާލީ މަރުހަލާ ކުރިއަށްދާއިރު ބައެއް މަޝްރޫއުތައް ހުއްޓާލަން އޭސީސީން އަންގަމުންދާތީ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެފަދައިން އަންގާ ސަބަބު ހާމަކޮށް އޭސީސީން ވަނީ ބަޔާނެއް ނެރެފައެވެ. 

އެ ބަޔާނުގައި އޭސީސީން ބުނީ މި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ހުއްޓުވަނީ އެ ކަންކަމާއި ގުޅިގެން ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާއި ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދާތީ ކަމަށެވެ. 

އެފަދަ ކަންކަން ހުއްޓުވަނީ އޭސީސީއަށް ހުށައެޅޭ މައްސަލަތަކުގެ ތުހުމަތުތަކަށް ބަލާއިރު އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިޔާދަނުކުރެވޭފަދަ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމުގެ އިހުތިމާލު އޮތުމުންކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

އޭސީސީން ބުނީ އެ ކޮމިޝަނުން އަންގާ އެންގުންތަކަކީ ވަގުތީގޮތުން އަންގާ އެންގުންތަކެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެފަދަ އެންގުމަކަށް ބަދަލުގެންނަން ޖެހޭނަމަ އެ ބަދަލެއް ކޮމިޝަނުން ގެނެސް، އެ އެންގުމެއް ރައްދުވާ ފަރާތަށް އަންގަމުންގެންދާނެ ކަމަށެވެ. 

ވަކި ކަމެއް މަޑުޖައްސާލުމަށް އިދާރާތަކަށް އެންގި ނަމަވެސް އެފަދަ އިދާރާތަކުން އާންމު ރައްޔަތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތްތަކެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓުވާލުމަށް އޭސީސީން އަންގާފައި ނުވާނެކަމަށް އޭސީސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

އޭގެ އިތުރުން އެ ކޮމިޝަނުން ބުނީ ވަކި ކަމެއް މަޑުޖައްސާލުމަށް އަންގާ މައްސަލަތަކުގެ ތަހުޤީގުތައް ވީހާވެސް އަވަހަކަށް ނިންމުމަށް އެ ކޮމިޝަނުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.